"ކަށަވަރު ޕްރޮމޯ 2022 "މިއަދު އިފްތިތާހު ކޮށްފި

އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ 2022 "މިއަދު އިފްތިތާހު ކޮށްފިއެވެ.
އެމްޓީސީސީން ބުނީ، މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ޑިސެމްބަރު 31، 2022 ގެ ނިޔަލަށް ކަމަށެވެ.
މިއަދު އިފްތިތާހު ކުރި ޕްރޮމޯޝަންގެ މަގްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓަކާ އެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ވިއްކުން ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ، މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެވޭ ޕްރޮޑަކްޓް ތަކަކީ ޔަންމާ އަދި ސުޒުކީ އިންޖީނާއި، އިންޖީނުގެ ސްޕެއާޕާޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްކޮޓް ބެޑާއި ފައިބަރު ސާމާނު، މަރޮލް ސްޓީރިން ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކް ތަކުން ކަމަށެވެ.
މި ޕްރޮމޯގެ މުއްދަތުގައި ކުރާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭއިރު ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ 2.5 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި، ޕްރޮމޯ ނިންމާލަމުން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ޔަންމާ 35 ހޯސްޕަވަރުގެ 4JHYE މޮޑެލްގެ އިންޖީނެއް ލިބޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ، "ކަށަވަރު ޕްރޮމޯ 2022 "ޓާގެޓް ކުރަނީ އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖީ ނިއަރުންނާއި، ޓޫރިޒަމް އަދި ޓްރާންސްޕޯޓްސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށެވެ.
މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، މާލޭ ބަނދަރު، ހުޅުމާލެ، ވިލިމާލެ، އަދި ތިލަފުށީގައި އައުޓްޑޯ އިވެންޓް ބޭއްވުމާއި، ރ. އަލިފުށި، ރ. ވާދޫ، ތ. ހިރިލަންދޫ،ދ. ކުޑަހުވަދޫ، އަދި އއ. އުކުޅަހަށް ޒިޔާރަތްކުރުން ހިމެނެނޭ ކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.
އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން ކޮންމެ އަހަރަކުވެސްއެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބިއެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލްކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް އަބަދުވެސް ރާވާ ހިންގަމުން ގެންފާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ