މިއަދު މިފްކޯއަށް ކަނޑުމަސް ގަންނަނީ 20ރ. އަށް

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ގަންނާނީ ކިލޯއަކަށް 20ރ. ގެ ރޭޓުން ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ. 
މި ހަފްތާ ފެށުނުއިރު 18.50ރ. އަށް މަސް ގަންނަ އަގު މިފްކޯއިން ބޮޑުކުރި އެވެ. އެއީ އިރާނު ހަނގުރާމަ ފެށުމުގެކުރިން އެ ކުންފުނިން މަސް ގަންނަމުން އައި އަގެވެ. ހަނގުރާމަ ފެށުމުން މަސް ގަންނަ އަގު 17ރ. ތިރިކުރި އެވެ.
މިފްކޯއަށް މަސް ގަންނަމުން މި ދަނީ އެ ކުންފުންޏަށް ފައިދާ ނުވާ އަގެއްގަ އެވެ. އެ ކުންފުނިން ވަނީ 16ރ. އަށް ކިލޯއެއް މަގުން އެ ކުންފުންޏަށް ގަންނަނީ ގެއްލުމުގައި ކަމަށް ސެޕްޓެމްބަރު 2024، ގައި ބުނެފަ އެވެ.
މިފްކޯއިން ބުނި ގޮތުގައި 16ރ. އަށް މަސް ގަންނަން ވެސް ސަރުކާރުން ސަބްސިޑީ ބޭނުންވެ އެވެ.
މިފްކޯއިން މަހުގެ އަގު ދަށް ކުރި އަހަރުގައި ވެސް ލިބުނީ ގެއްލުމެވެ. ނަމަވެސް އެ އަހަރަކީ މަހުގެ އަގު ދަށް ކުރުމުގެ އިތުރުން، ފަހުގެ ތާރީހެއްގައި އެންމެ މަސްވެރިކަން ދަށްވީ އަހަރެވެ. 
އެ އަހަރު މަސްވެރިކަން ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި، މަސްވެރިންނަށް ނުދީ ހުރި ފައިސާ ގިނަވެ ބައެއް ދޯނި ފަހަރުން މަހަށް ދިޔުން ހުއްޓާލުން ވެސް ހިމެނެ އެވެ.
ނަމަވެސް އެ މައްސަލައިގެ ފަހުން ސަރުކާރުން ވަނީ އެކަން މައްސަލަ ހައްލުކޮށް، މަސްވެރިން ކިރާ މަހަށް ފައިސާ ނުލިބޭ މައްސަލައަށް ބީއެމްއެލް  ބައިވެރިކޮށްގެން ހައްލެއް ހޯދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ