ކުރިއަށްއޮތް ވޯލްޑް ކަޕް 2026 ގައި އިނގިރޭސި ގައުމީ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް އެޓީމުގެ ތަރި ޖޫޑް ބެލިންހަމްއަށް ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޓުޗެލް ބުނީ، ވޯލްޑް ކަޕްގައި އިންގްލެންޑްގެ ފުރަތަމަ 11 އިން ޖާގަ ހޯދުމަކީ ބެލިންހަމްއަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
މިހާރު އިންގްލެންޑް ޓީމުގައި ފުރަތަމަ 11 ގައި ކުޅުމުގެ ގާބިލުކަން ހުރި 14 ނުވަތަ 15 ކުޅުންތެރިން އެބަތިބި ކަމަށާއި، ބެލިންގްހަމް އަކީ އެ ލިސްޓުގައި ހިމެނޭ އެއް ކުޅުންތެރިޔާ ކަމަށް ޓުޗެލް ބުންޏެވެ.
ބެލިންގްހަމް އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެސްޓަން ވިލާގެ މޯގަން ރޮޖާސްގެ ފަރާތުން ލިބޭ ވާދަވެރިކަމެވެ. ރޮޖާސް ވަނީ ޓުޗެލްގެ ކޯޗުކަމުގެ ދަށުން އިންގްލެންޑް ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ ހުރިހާ މެޗެއްގައި ވެސް ކުޅެފައެވެ.
”ޖޫޑް އަކީ ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިއެއްކަން އޭނާއަށް ވެސް އެނގޭ، އެކަމަކު މިވަގުތު ޓީމުގައި އެ ފެންވަރުގެ 14 ނުވަތަ 15 ކުޅުންތެރިން އެބަތިބި. މި ރޯލުތައް ކޮންމެ ވަގުތަކު ވެސް ބަދަލުވެދާނެ،“ ޓުޗެލް ބުންޏެވެ.
ޓުޗެލް ބުނީ އަނިޔާގެ ސަބަބުން ބެލިންހަމްއަށް މި ސީޒަނުގެ ބައެއް މެޗުތައް ގެއްލިފައިވީ ނަމަވެސް، އޭނާ މިހާރު ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި، އޭނާގެ ފަރާތުން ފެންނަނީ ކުޅުމަށް ބޭނުންވެފައި ހުރި މިންވަރު ކަމަށެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އިނގިރޭސިން މިމަހުގެ 18 ގައި ނުކުންނަން ޖެހޭނީ ފާއިތުވި ވޯލްޑް ކަޕްތަކުގައި ހައިރާންކުރަނިވި ނަތީޖާތަކެއް ހޯދި ކްރޮއޭޝިއާއާ ދެކޮޅަށެވެ.
ވޯލްޑްކަޕް ވޯލްޑްކަޕް ފުރަތަމަ 11 އިން ޖާގަ ހޯދަން ބެލިންހަމް ވެސް ޖެހޭނީ މަސައްކަތްކުރަން: ޓުޗެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ