ނަމާދު ކުރާ އަޑު މިސްކިތުން ބޭރަށް ނީވޭގޮތް ހަދަން އެންގި ވާހަކައަކީ ދޮގެއް - ޝަހީމް

މާލެ ސިޓީގެ މިސްކިތްތަކުގައި ނަމާދު ކުރާ ވަގުތު ބޭރަށް އަޑު ނުއިވޭ ގޮތަށް ހެދުމަށް އިސްލާމިކް މިނިސްޓްރީން އެންގި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު މައުލޫމާތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ނަމާދު ގަޑީގައި މާލެ ސިޓީގެ ހުރިހައި މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތަށް އަޑު ކަނޑާލަން މިނިސްޓްރީން އެންގިކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް" ކަމަށެވެ.
މިހާރު އެފަދަ ނިންމުމެއް ނިންމާފައި ނުވި ނަމަވެސް، މީގެ ކުރިން 2022 ވަނަ އަހަރު އޭރުގެ އިސްލާމިކް މިނިސްޓްރީން މާލޭގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރާ އަޑު މަޑުކުރަން އަންގާފައިވެއެވެ. އެ ފަހަރު ބަންގި ގޮވުމަށް ފަހު، ނަމާދުކުރާ ވަގުތު ލައުޑު ސްޕީކަރު ނިއްވާލަން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އޭރު މީޑިއާއަށް ކަށަވަރު ކޮށްދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ