ދިގު އިންތިޒާރަށް ނިމުން: ފްލެޓް ލިސްޓް ހާމަކުރުން މެންދުރު އެކެއް ޖަހާއިރު

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް މިއަދު މެންދުރު އާންމު ކުރަން ނިންމައިފި އެވެ.
ފްލެޓް ލިސްޓް އާންމު ކުރާނީ މިއަދު މެންދުރު އެކެއް ޖަހާއިރު ރައީސް އޮފީހުގައި ކޮންޝްޓަރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. މުއްތަލިބު ބާއްވަވާ ނޫސްވެރީންގެ ބައްދަލްވުމަށް ފަހު އެވެ.
އެ ބައްދަލްވުމަށް ނޫސްވެރީންނަށް މިހާރު ވަނީ ދައުވަތު ފޮނުވާފަ އެވެ.
Advertisement
ކުރީގެ ރައީސް ސޯލިހްގެ ވެރިކަމުގައި ފެށި މަަޝްރޫއުން ފްލެޓް ލިބުނު މީހުން ކަނޑައަޅާ އިއުލާނު ކުރި އެވެ. އެ ލިސްޓް ނެރުނީ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު އެވެ.
އެ ލިސްްޓްގައި ހިމެނޭ ބައެއް މީހުންނަކީ ނުހައްގުން ނުފޫޒު ބޭނުންކޮށްގެން ލިސްޓްގައި ޖައްސާފައިވާ މީހުން ކަމަށް ބެލެވި އޭސީސީން މައްސަލަ ބެލި އެވެ. އޭސީސީގެ ތަހުގީގުން އެނގުނީ ލިސްޓްގެ 60 ޕަސެންޓް ގޯސް ކަމެވެ.
ފްލެޓް ލިސްޓް މި ނެރެނީ ލިސްޓް އާންމު ކުރާނެ ކަމަށް ބުނެ މި ސަރުކާރުން އެތައް ތާރީހެއް ދިނުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ