ރެހެންދި އެވޯޑް 15 ފަރާތެއް ހާސިލްކޮށްފި

މުޖުތަމައަށް ލާބަ ހުރި މަސައްކަތް ކުރާ އަންހެނުންނަށް ދޭ "ރެހެންދި އެވޯޑް" 15 ފަރާތަކަށް ދީފި އެވެ.އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ދެމުން އަންނަ މި އެވޯޑް ފުރަތަމަ ފަހަރަށް ދޭން ފެށީ 2014ވަނަ އަހަރުއެވެ.2025ވަނަ އަހަރު ރެހެންދި އެވޯޑް ލިބުނު ފަރާތްތައް:• އާއިޝަތު ހުސައިން - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ• ޘުރައްޔާ އިބްރާޙިމް - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ• އާމިނަތު އާދަމް ކޮއި - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ• އާމިނަތު ރީމާ ރަޝީދު - ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ• ޑރ. ރުޚްޝާނާ އަޙްމަދު - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ• ސަމީނާ އިބްރާޙީމް - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ• ސަފާތު އަޙްމަދު ޒާހިރު - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ• އައިޝަތު ވަހީދާ – އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާ• އާމިނަތު ސޫޒަން – ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ• ޒަހިއްޔާ މުޙައްމަދު – އާއްމުކޮށް އަންހެނުން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ2024ވަނަ އަހަރު ރެހެންދި އެވޯޑް ލިބުނު ފަރާތްތައް:• އަލްއުސްތާޛާ މަރްޔަމް އިނާޝާ – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ• މަރްޔަމް މުރުޝިދާ - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ• އަސްމާ ޙަސަން - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ• ޢާއިޝަތު ޠާއިފާ - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ• ވިމެން އެންހޭންސްމަންޓް (އެންޖީއޯ) - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކޮށް، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި، އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކަށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ދޭ ހާއްސަ އެވޯޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ