މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފް ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް ސޮއިކޮށްފިއެވެ.
މަޙްލޫފް ޕީއެންސީއަށް ސޮއިކުރެއްވިކަަން އިއުލާނުކުރެއްވީ މިރޭ ކުރިޔަށްގެންދާ ޕީއެންސީގެ މައި ޖަލްސާގައެވެ. އެ ޖަލްސާގައި މަޙްލޫފް ޕީއެންސީއަށް ސޮއިކުރެއްވި ފޯމު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް ވަނީ އަރުވާފައެވެ.
މިދިޔަ ސަރުކާރުގެ ޔޫތް މިނިސްޓަރު ކަމުގައި ހުންނެވި މަޙްލޫފް، އޭރު ހުންނެވި އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެގޮތުން އެކަން އިއުލާނުކުރައްވަމުން އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމަޢީލަށް ފޮނުއްވި ސިޓީގައި މަޙްލޫފް ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި ވަކީން ޚާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެއަށް ގެނެސް ދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި އެމަނިކުފާނުގެ ކެބިނެޓްގައި ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވީތީ އެކަން ފާހަގަ ކުރަައްވާ ޝުކުރު އަދާކުރެއްވި އެވެ.
މަހްލޫފް ވަނީ އެމްޑީޕީގެ މެންބަރުންގެ ތެރެއިން އޭނާއަށް ތާއީދުކޮށް ދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އޭނާގެ ނިންމެވުމާމެދު ހިތްހަމަ ނުޖެހޭ މެންބަރުންްގެ ކިބައިން މާފަށް އެދިވަޑައިގެންނެވި އެވެ.
ކުރީގެ މިނިސްޓަރު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު މި ފަހުން ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ. އެހެން ނަމަވެސް ކުޅިވަރުގެ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވަ އެވެ.
ކުޅިވަރާއި ބެހޭ މިނިސްޓަރަކަށް ހުންނެވިއިރު ވެސް މަހްލޫފް ފާހަގަ ކުރެވުނީ ސިޔާސީ ކަންކަމާއި ކުޅިވަރު ވަރަށް ބޮޑަށް ވަކިކޮށް ހިދުމަތް ކުރެއްވި މިނިސްޓަރެއްގެ ގޮތުގަ އެވެ. އޭނާއަކީ ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް އެކި ސިޔާސީ ފިކުރުތަކުގެ މީހުންނާއި ވަރަށް ގާތްގުޅެއް އަބަދުވެސް ބާއްވަވާ ބޭފުޅެކެވެ.
ކުރީގެ ޔޫތް މިނިސްޓަރު މަހްލޫފް ޕީއެންސީއަށް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ