ނަތީޖާ ނެެރެދީ މާލޭ ރައްޔިތުން އުފާ ކޮށްދޭނަން: މުއިއްޒު

ނަތީޖާ ނެެރެދީ މާލޭ ރައްޔިތުން އުފާކޮށްދެއްވާނެ ކަމަށް މާލޭގެ މޭޔަރު ކަމަށް އިންތިހާބުވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މުއިއްޒު ވިދާޅުވީ މާލޭގެ ސިޓީ ކައުންސިލަށް ހޮވުނު އެހެން ޕާޓީތަކުގެ މެމްބަރުންނާއެކުވެސް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަަމަށެވެ.
"...އަޅުގަނޑު ދޭ ޔަގީންކަމަކީ ޕީޕީއެމްގެ ފަރާތުން ހޮވިވަޑައިގެންނެވި ކައުންސިލަރުންނަށް، އެހެން ޕާޓީތަކުގެ ފަރާތުން ހޮވުނު ކައުންސިލަރުންްނަށް ޖުމްލަކޮށް ހޮވިވަޑައިގެންނެވި 18 ކައުންސިލަރުންނާއެކީގައި ޓީމެއްގެ ގޮތުގައ ނަތީޖާ ނެެރެދެވޭނެ ވަރުގަދަ މަސައްކަތްތަކެއްކޮށް މާލޭގެ ރައްޔިތުން އުފާކޮށްދޭނަމޭ. އިރާދަކުރެއްވިއްޔާ އެކަން ކުރާނަމޭ" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުން ރައްޔިތުންނާއެކު މަސައްކަތް ކުރާހާ ހިނދަކު ސަރުކާރާއެކު މަސައްކަތް ކުރުމުގައި ދެމި އޮންނާނެ ކަަމަށެވެ. އެގޮތުން ސަރުކާރުން ބޭނުންވާ ކަންތައްތައް ހާސިލްކުރުމަށް އިސްނަގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް ކަންތައްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން މުއިއްޒު މިރޭވެސް ދެއްވި އެވެ. އެހެން ނަަމަވެސް ސަރުކާރުން ރައްޔިތުންނަށް ފައިދާ ނުވާކަމެއް ކުރާނަމަ އެކަމެއް ސަރުކާރަށް ހުށަހަޅައިގެން އެކަމެއް ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުން ދިރިއުޅެނީ ވަރަށް ނިކަމެތި ހާލުގައި ފާހަގަކުރައްވައި އެހާލަތުން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. ވިދާޅުވީ އެ ހާލަތުން އަރައިގަތުމަށް އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށާއި ސިޔާސީ ހިޔާލުތަފާތުވުންތަަކީ އަޅުގަނޑުމެންގެ ތަރައްގީއާއ މުސްތަގުބަލަަށް އެޅޭ ހުރަަހަކަށް ވިޔަ ދީގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ޒިންމާދާރުވެ ޒިންމާތަަކަށް އިސްކަންދޭން މުއިއްޒު އިލްތިމާސްކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ