މޯލްޑިވިއަން ސީޕްލޭންގެ ޕައިލެޓުން އިހުތިޖާޖުގައި!

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިންކަމަށްވާ "މޯލްޑިވިއަން"ގެ ސީޕްލޭން އޮޕަރޭޝަންތަކުގެ ޕައިލެޓުން މަސައްކަތަށް ނުނުކުމެ އިހުތިޖާޖުކުރަން ފަށައިފިއެވެ.
މި ޕައިލެޓުން އިހުތިޖާޖުކުރަން ފަށާފައިވަނީ މޯލްޑިވިއަންގެ ޑީއެޗްސީ6 ޗީފް ޕައިލެޓްގެ މަޤާމުގައި ހުރި ކެޕްޓަން މުޞްޠަފާ މަންސޫރު މަޤާމުން ވަކިކުރުމަށް ޑިރެކްޓަރ އޮފް ފުލައިޓް އޮޕަރޭޝަންސް ނިންމުމާއި ގުޅިގެންނެވެ. މިކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް މޯލްޑިވިއަން ސީޕްލޭންގެ ޕައިލެޓުންނާއި އިންޖީނިއަރުންގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މިހާދަށް ލިޔެފައިވާކަމަށް ބުނާ ސިޓީއެއްގެ ކޮޕީ މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.
މިކަމާ ގުޅޭގޮތުން "ވޮއިސް"އަށް މަޢުލޫމާތުދެއްވަމުން މޯލްޑިވިއަންގެ މީޑިޔާ ޑިރެކްޓަރ މޫސާ ވަސީމް ވިދާޅުވީ މި ހަރަކާތުގައި މޯލްޑިވިއަން ސީޕްލޭންގެ ހުރިހާ ޕައިލެޓުން ބައިވެރިނުވާ ކަމަށާއި، މިކަމުގެ ސަބަބުން އެ އެއާލައިންގެ އޮޕަރޭޝަންތަކަށް އަސަރެއް ނުކުރާ ކަމަށެވެ. އަދި ގެނެވުނު އިންޓާނަލް ސްޓްރަކްޗަރ ބަދަލާއި މެދު ހިތްހަމަ ނުޖެހޭ ބައެއް ޕައިލެޓުން އުޅޭކަން އެ އެއާލައިންގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ