ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމަށް ރައީސް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ހީރޯޝީމާގެ މޭޔަރު މަޓްސޫއީ ކަޒޫމީއާއި ބައްދަލުކުރައްވައި "ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމް" އަށް ޒިޔާރަތް ކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހީރޯޝީމާ ޕީސް މެމޯރިއަލް މިއުޒިއަމަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާވަނީ، އެޓޮމިކް ބޮމުގެ ހަމަލާގައި މަރުވެދިޔަ މީހުންގެ ހަނދާނުގައި ބިނާކޮށްފައިވާ މަގްބަރާއަށް ޒިޔާރަތްކުރައްވައި އެ ތަނުގައި މާބޮނޑިއެއް ބާއްވަވާފައެވެ.
އަދި ޕީސް މެމޯރިއަލް މިއުޒިއަމް ބައްލަވާލައްވައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ