މަރުވެފައިވާ ބައެއްގެ ނަމުގައި ހިންގި ކެފޭގެ ހުއްދަ ބާތިލްކޮށްފި

މަރުވެފައިތިބި ދެމީހެއްގެ ނަމުގައި މާލޭގައި ހިންގަމުން ދިޔަ ކެފޭގެ ހުއްދަ ސިޓީ ކައުންސިލުން ބާތިލުކޮށްފި އެވެ. މިދިޔަ ސެޕްޓެމްބަރު މަހު 11 ވަނަ ދުވަހު ސިޓީ ކައުންސިލުން ކެފޭ ހިންގުމަށް ހުއްދަ ދީފައި ވަނީ މއ، ވާދޫ ގޭގެ ތިރީ ބުރީގަ އެވެ. ހުއްދަ ދިން ސެޓްފިކަޓާ އެކު މާލޭ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނީ، ލިބުނު ރިޕޯޓަކާ ގުޅުގެން އެ އިދާރާ އިން ބެލި ބެލުމުގައި މަރުވެފައިވާ ދެ މީހެއްގެ ނަމުގައި ހުއްދަ ހޯދުމަށް ހުށަހަޅައި ނަގާފައިވާ ހުއްދައިން އެނގެން އެބަ އޮތް ކަަމަށެވެ. "އެ ހުއްދަ ބާތިލުކޮށް، މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ވަނީ ހުށަހެޅިފައި." ސިޓީ ކައުންސިލް ޓްވީޓްގައި ބުނެފައިވެ އެވެ. ހުއްދަ ބާތިލު ކުރި "މާލޭ ޓައުން ކެފޭ" ހިންގުމަށް ހުއްދަ ދީފައި ވަނީ އެ ސެޓްފިކެޓުން އެނގޭ ގޮތުގައި އިބްރާހިމް ރަޝީދާއި ހައްވާ މުހައްމަދު ކިޔާ މީހަކަށެވެ. https://twitter.com/MaleCitymv/status/1188054227379048448
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ