އެންމެން ހައިރާން ކޮށްލުމަށް ފަހު ޓްރަމްޕް އެމެރިކާގެ ރައީސްކަމަށް ހޮވިވަޑައިގެންފި

އެމެރިކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށް ދާއިރު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކުރިހޯއްދަވަމުން އެބަގެންދަވައެވެ.
މިހާތަނަށް ގުނި ވޯޓުތަކުން 138 އިލެކްޓޯރަލް ވޯޓް ޓްރަމްޕް ހޯއްދަވާފައި ވާއިރު ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަން އަށް ލިބިވަޑައިގެންނެވީ 104 އިލެކްޓޯރަލް ވޯޓެވެ.
ވާދަވެރިކަން ބޮޑު ބައެއް ސްޓޭޓްތައް ޓްރަމްޕް ކާމިޔާބު ކުރެއްވިކަން ކަށަވަރު ވުމާއި އެކު ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު މިވަނީ މިހާރު ވަރަށް ބޮޑުވެފައެވެ.
އިންތިޚާބުގެ ނަތީޖާ ނިކުންނަމުންދާ ގޮތާއި ބެހޭ ގޮތުން ހިލަރީގެ ކެމްޕޭން ޓީމުން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު ސީއެންއެން އާއި ވާހަކަދެއްކި ޓްރަމްޕްގެ ކެމްޕޭން ޓީމުންގެ އޮފިޝަލުން ބުނެފައި ވަނީ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުރައްވާނެކަން ވަރަށް ބޮޑަށް ކަށަވަރު ވެއްޖެ ކަަމަށެވެ.
އިންތިޚާބު ކާމިޔާބު ކުރައްވާނެ ބޭފުޅެއް ކަށަވަރު ވާނީ މިއަދު ހެނދުނު ރާއްޖޭ ގަޑިން 09:30 ހާއިރު ކަމަށް ލަފާކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ