ވޯލްޑްކަޕް: ކެމަރޫން މިފަހަރުގެ ވޯލަޑްކަޕާ އަލްވާދާއު ކިޔާ ގާނާ ދެވަނަ ބުރާގާތަށް ޖެހިލައިފި

10:00އެފްރިކާ ބައްރު ތަމްސީލުކުރާ ޓީމުތަކުގެ ތެރެއިން ކެމަރޫން މިފަހަރުގެ ވޯލަޑްކަޕާ އަލްވާދާއު ކިޔައި ގާނާ ދެވަނަ ބުރާ ގާތަށް ޖެހިލައިފި އެވެ.ރޯޔަލް ބަފޮކެންގް ސްޓޭޑިއަމަށް ގާނާގެ ޓީމު ރޭ ކުޅެން ނިކުތީ އޮސްޓްރޭލިޔާގެ މައްޗަށް ޖަރުމަން ހޯދި ފަދަ ކާމިޔާބީއެއް ހޯދުމަށް ކަމަށް ވިޔަސް މެޗު ނިމިގެން ދިޔައީ ފުރަތަމަ ހާފްގައި ދެޓީމަށް ކާމިޔާބުކުރެވުނު ލަނޑާއެކު އެކެއް އެކެއްގެ ނަތީޖާއަކުންނެވެ.މެޗުގެ 11 ވަނަ މިނެޓްގައި އޮސްޓްރޭލިޔާ އިން ލަނޑެއް ޖަހައު ލީޑް ނަގާފައި ވަނިކޮށް ގާނާ ހަމަހަމަކުރި ލަނޑު ޖަހާފައި ވަނީ 24 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން އޮސްޓްރޭލިޔާގެ ކެވެލް ބޯޅައިގައި އަތްލުމުން ގާނާއަށް ލިބުނު ޕެނަލްޓީއެކެވެ. މިޕެނަލްޓީ ގާނާއަށް ކާމިޔާބުކޮށްދިނީ ޖިއާން އެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި ދެވަނަ ލަނޑެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.މި މެޗްގައި ގާނާގެ ތިން ކުޅުންތެރިއަކަށާއި އޮސްޓްރޭލިޔާގެ ކުޅުންތެރިއަކަށް ރީދޫ ކާޑު ދައްކާފައިވާއިރު އޮސްޓްރޭލިޔާގެ ކެވެލްއަށް ވަނީ ރަތްކާޑު ދައްކާފަ އެވެ.މި ގްރޫޕްގެ ޕޮއިންޓް ޓޭބަލްގެ އެއްވަނައިގައި މިހާރު ހަތަރު ޕޮއިންޓާއެކު ގާނާ އޮތްއިރު ޖާމަނީ އަދި ސާބިޔާ އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. އެހެން ނަމަވެސް ލަނޑުގެ ތަފާތުން ދެވަނަ ލިބެނީ ޖާމަނީއަށެވެ. ތިންވަނަ ސާބިޔާއަށެވެ. އެންމެ ޕޮއިންޓަކާއެކު ހަތަރު ވަނައިގައި އޮސްޓްރޭލިޔާ އޮތްއިރު އެޓީމަށް ވެސް އަދި ދެވަނަ ބުރަށް ދިއުމުގެ ފުރުސްތު އެބައޮތެވެ.ރޭ ކުޅުނު ދެވަނަ މެޗުގައި ދޭއް އެކަކުން އެފްރިކާގެ ގަދަ ބާރެއް ކަމުގައި ބެލެވޭ ކެމަރޫން، ޑެންމާކް އަތުން ބަލިވެ މި މުބާރާތާ ވަނީ އަލްވަދާއު ކިޔައިފަ އެވެ. ފުރަތަމަ ހާފްގެ 10 ވަނަ މިނެޓްގައި އިންޓަމިލާންގެ ތަރި ސެމިއުލް އެޓޫ ކެމަރޫނަށް ލަނޑެއް ޖަހައިދީ މެޗްގެ ލީޑް ނެގި ނަމަވެސް ޑެންމާކުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހާ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ތަނަވަސްކޮށްފަ އެވެ.ޑެންމާކްގެ ފުރަތަމަ ލަނޑު ޖަހައިފައި ވަނީ މެޗްގެ 33 ވަނަ މިނެޓްގައި ބެންޓްނަރ އެވެ. އަދި 60 ވަނަ މިނެޓްގައި ދެވަނަ ލަނޑު ޖަހާ މެޗްގެ ލީޑް ނަގައިދިނީ ރޮމެޑާލް އެވެ. މި މެޗުގައި ޑެންމާކަށްވުރެ ރަނގަޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް ވެސް އުފައްދައިފައި ވަނީ ކެމަރޫން އިން މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑެންމާކްގެ ޑިފެންޑަރ ޑެނިއަލް އަގެރެވެ.މި ނަތީޖާ އާއެކު ގްރޫޕް އީގެ އެއްވަނަ ހަ ޕޮއިންޓާއެކު ހޮލެންޑަށް ލިބޭއިރު ޖަޕާނާ ޑެންމާކަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ނަމަވެސް ގޯލްގެ ތަފާތުން ދެވަނަ ލިބެނީ ޖަޕާނަށެވެ. ޑެންމާކަށް ތިން ވަނަ އެވެ.މި ގްރޫޕުން ދެވަނަ ބުރަށް ދާނީ ގްރޫޕްގެ ފަހު މެޗުގައި ޖަޕާނާ ޑެންމާކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. އެއްވަރުވެއްޖެނަމަ ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ލިބޭނީ ޖަޕާނަށެވެ. މި ގްރޫޕްގައި ކެމަރޫން ކުޅުނު އެއްވެސް މެޗަކުން މިހާނަތަނަށް މޮޅުވެފައެއްނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ