ނަޖީބުގެ ހަދާނުގައި ޝަރުއީ ދާއިރާއިން ސުކޫތެއް ގެނެސްފި

މިމަހުގެ 1 ވަނަ ދުވަހު ރަހުމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ މ.މަސްރޫރާ ގޭ ތެރެއިން ފެނިފައިވާ މަޝްހޫރު ގާނޫނީ ވަކީލު އަހުމަދު ނަޖީބުގެ ހަދާނުގައި، ޝަރުއީ ދާއިރާގެ މުވައްޒަފުންނައި ޝަރުއީ ދާއިރާގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ މުވައްޒަފުން ސުކޫތެއް ގެނެސްފިއެވެ.
ސްޕްރީމް ކޯޓާއި ހައިކޯޓު ވެސް ހުންނަ ތީމުގެ ތެރޭގައި އޮންނަ ހުސް ސަރަހައްދުގައި ގެނައި ސުކޫތުގައި ދައުލަތުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން އުއްތަމަ ފަނދިޔާރު އަހުމަދު ފާއިޒު ހުސައިންއާއި، ސްޕްރީމު ކޯޓުގެ އެހެނިހެން ފަނޑިޔާރުންނާއި ހައިކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުގެ ފަނޑިޔާރުން ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލްއާއި، އެއޮފީހުގެ މުވައްޒަފުންގެ އިތުރުން ހިއުމަން ރައިޓްސް މިނިސްޓަރ ފާތުމަތު ދިޔާނާ ސައީދާއި ހޯމް މިނިސްޓަރ ޑރ.މުހައްމަދު ޖަމީލު އަހުމަދާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނަޖީބުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވާ އިރު، ނަޖީބުގެ މަރަށްފަހު ޝަރުއީ ދައިރާއާއި، ދައުލަތުގެ އެހެނިހެން ކަމާއި ބެހޭ ފަރާތްތަކުން ވެސް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ