އައިޑީޕީން ހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

33: 18
މި ހަޅުތާލުގައި މިހާތަނަށް 10 މީހުން ބައިވެރިވެގެން އެބަ ތިއްބެވެ. މޭމަތީގައި "ބަނޑުހައިހޫނު ކަމުގައި" ޖަހާފައިވާ ހުދު ކުލައިގެ ޓީޝާޓް ލައިގެން ގޮދަޑިތަކުގެ މަތީގައި އިށީނދެ ތިބި މި 10 މީހުންގެ ތެރޭގައި އެ ޕާޓީގެ ރައީސް އުމަރު ނަސީރު އާއި ނާއިބު ރައީސް މުހައްމަދު ހަސަން މަނިކުވެސް ހިމެނިވަޑައިގަންނަވަ އެވެ.
"ހަމަ ދެންމެ މި އައީ ކައިގެން. 45: 5 ހާއިރު ކެއީ. އެއީ މާސް ޗޮކްލެޓެއް. ކިރު ޕެކެޓެއް ވެސް ބުއިން،" އުމަރު ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 27 ގަޑިއިރު (ތިން ދުވަސް) ވަންދެން ހަޅުތާލުގައި ބައިވެރިވާ އެއްމެން ވެސް ތިބޭނީ ހެދިގޮނޑުދޮށް ސަރަހައްދުގަ އެވެ. ނިދުމާއި ފާޚާނާކުރުމާއި ފެންވެރުމުގެ ކަންތައް ވެސް އޮންނާނީ އެ ސަރަހައްދުގަ އެވެ.
"ފާޚާނާކުރުމަށާއި ފެންވަރަށް ފާޚާނާ އަށް ވަނުމުގެ ކުރިން މިނިވަން މީހަކު އެ ފާޚާނާ ޗެކްކުރާނެ، ކާއެއްޗެއް ވައްދާފައި ހުރިތޯ ބަލަން."
ހަޅުތާލުގައި ތިބޭ މީހުންގެ ސިއްހީ ހާލަތު ޗެކްކުރުމަށް ހަމަޖައްސާފައިވަނީ އޭޑީކޭގެ ޑޮކްޓަރުންނެވެ. އެ ގޮތުން ހަޅުތާލުގެ ފުރަތަމަ 24 ގަޑިއިރު ހަމަވުމުން ޑޮކްޓަރުން ވަޑައިގެން ހަޅުތާލުކުރާ މީހުންގެ ލޭގެ ޕްރެޝަރު ބަލައި ޗެކްކުރާނެ އެވެ. އެއަށް ފަހު ކޮންމެ ގަޑިއަކު އެއް ފަހަރު ލޭގެ ޕްރެޝަރު ޗެކްކުރާނެ ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވި އެވެ.
އައިޑީޕީގެ ހައިހޫނުކަމުގެ ހަޅުތާލުގައި ބައިވެރިވާ މީހުން 72 ގަޑިއިރު ހޭދަކުރާނީ ފެން ފިޔަވައި އެއްވެސް އެއްޗެއް ނުކައި ނުބޮއެ ކަމަށް އެ ޕާޓީން ބުނެ އެވެ.
13: 18
މުދަލާއި ހިދުމަތުގެ އަގު ބޮޑުވުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑިޕީ) އިން ކުރުމަށް ހަމަޖެހިފައިވާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު މިއަދު ހަވީރު 6 ޖެހުމާއެކު މާލޭ ހިތްފަސޭހަ މައިޒާނުގައި (ހެދިގޮނޑުދޮށް ސަރަހައްދު) ފަށައިފި އެވެ.
މިއަދު ހަވީރު 00: 6 އިން ފެށިގެން 72 ގަޑިއިރު ވަންދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަޅުތާލުގައި ޖުމްލަ 25 މީހުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
މި ހަޅުތާލު ކުރިއަށް ދާއިރު، މުދަލުގެ އަގު ކުޑަކުރެވޭތޯ ސަރުކާރުގެ ބައެއް މިނިސްޓްރީތަކާ އެކު އައިޑީޕީން ބޭއްވި ބައްދަލުވުންތަކުގެ ފޮޓޯތައް ދައްކައިދޭ ބޯޑެއް ބަހައްޓާފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި ޓްރޭޑް މިނިސްޓްރީއާ އެކު ބައްދަލުވުމުގައި ފޮޓޯތައް ފެންނަން ހުއްޓެވެ.
މީގެ އިތުރުން ރާއްޖެ އަށް އެތެރެކުރި ބައެއް ބާވަތްތަކުގެ ކާބޯތަކެތީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައިސްފައިވާ ބަދަލުތަކާ ބެހޭ ގޮތުން ކަސްޓަމްސް އިން ހޯދާފައިވާ ބައެއް ތަފާސް ހިސާބުތައް ވެސް ބޯޑެއްގައި ބަހައްޓާފައި އެބަ ހުއްޓެވެ. މި ހަޅުތާލު ފެށިގެން ކުރިއަށް ދާއިރު ހިތްފަސޭހަ މައިޒާނުގެ ސްޓޭޖް މަތީގައި ފަސް ގޮދަޑި ބާއްވާފައި އެބަ އޮތެވެ.
07: 18
މުދަލާއި ޚިދުމަތުގެ އަގު ބޮޑުވުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑިޕީ) އިން ކުރުމަށް ހަމަޖެހިފައިވާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ދާދި ދެންމެއަކު މާލޭ ހިތްފަސޭހަ މައިޒާނުގައި (ހެދިގޮނޑުދޮށް ސަރަހައްދު) ފަށައިފި އެވެ.
(އިތުރު ތަފްސީލު އަންނަނީ...)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ