އިސްލާމިކް ކޯލް ސޮސައިޓީގެ މަންދޫބު ރައީސް އާ ބައްދަލުކުރައްވައިފި

ވޯލްޑް އިސްލާމިކް ކޯލް ސޮސައިޓީގެ ފަރާތުން ރާއްޖެއަށް ކަނޑައެޅި އާ މަންދޫބު އަބްދުލްބާސިތު ބަޣްދާދީ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
އިއްޔެ މެންދުރުފަހު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، އެ ޖަމިއްޔާގެ މަންދޫބުކަމާ އަބްދުލްބާސިތު ހަވާލުވެވަޑައިގަތުމާ ގުޅިގެން އޭނާއަށް ރައީސް މަރުހަބާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެ އާއި ވާލްޑް އިސްލާމިކް ކޯލް ސޮސައިޓީއާ ދޭތެރޭ އޮންނަ ގާތް ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ