ޖަލުގައި ހިނގި ހާދިސާގެ މައުލޫމާތު ކެބިނެޓާއި ހިއްސާކޮށްފި

މިމަހުގެ 20 ވަނަ ދުވަހު ކ.މާފުށީ ޖަލުގައި ހިނގާދިޔަ ކަންތައްތަކުގެ މައުލޫމާތު މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވަޒީރުންގެ މަޖްލީހާއި މިއަދު ޙިއްޞާކުރައްވައިފިއެވެ.
ހޯމް މިނިސްޓަރ މި މަޢުލޫމާތު ޙިއްޞާކުރައްވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖްލީހުގެ ޖަލްސާގައެވެ.
މާފުށީ ޖަލުގައި ގައިދީއަކު، ޖަލުބަލަހައްޓާ އޮފިޝަލަކަށް ހަމަލާދިނުމާއި ގުޅިގެން ވަނީ ހަމަނުޖެހުންތަކެއް ހިންގައިފައެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި އީ.އެސް.ޖީ ގުރޫޕުން ވަނީ ހާލަތާއި ނުގުޅޭ ބާރުގެ ބޭނުންކުރުމުގެ ސަބަބުން ބައެއް ގައިދީންނަށް އެކިވަރުގެ އަނިޔާވެފައެވެ. މި މައްސަލަ ބަލާ ނިމެންދެން އީ.އެސް.ޖީ ގުރޫޕްގެ ކޮމާންޑަރ ވަނީ ސަސްޕެންޑް ކޮށްފައެވެ.
ތޫނުކޮށްފައި އޮތް ތިން ފޫޓް ހުންނަވަރުގެ ދަގަނޑު ބުރިއަކުން އޮފިސަރުންނަށް ބިރުދައްކާފައި ވާތީ އެ ދަގަނޑުބުރި އެ ޔުނިޓުން ނެރެ ނުދެނީސް ޑިއުޓީއާ ހަވާލުވާން އިންކާރުކުރީ ޖަލުބަލަހައްޓާ އޮފިޝަލުން ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ. އެއާއިއެކު ޖަލުބަލާ ފާސްކޮށް ގޮޅިތަކުން ވަނީ ތޫނުހަތިޔާރު ހޯދާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.
މިހާދިސާއަށްފަހު ޖަލުގައި ގައިދީންވެސް ވަނީ އިހުތިޖާޖުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ