ވަކީލް ހިސާން ހުސައިންގެ މައްޗަށް ތުހުމަތުކުރާ މައްސަލަތައް އޭނާ ދޮގުކުރައްވައިފި

މަޝްހޫރު ގާނޫނީ ވަކީލް އަދި 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ތުޅާދޫ ދާއިރާ އަށް ވާދަކުރައްވާ އަލްއުސްތާޒާ ހިސާން ހުސައިންގެ މައްޗަށް ތުހުމަތުކުރާ މައްސަލަތައް އޭނާ ދޮގުކުރައްވައިފި އެވެ.
ވަކީލް ހިސާންގެ މައްޗަށް ތުހުމަތު ކުރަނީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ގޭގައި ކިޔަވަން ތިބި ތުޅާދޫގެ ފަސް ކުއްޖަކަށް ޖެއްސުންކޮށް، އެކި ކަހަލަ އަނިޔާތައް ކުރިކަމުގެ ތުހުމަތެވެ. އޭގެ ތެރެއިން އެކަކު ވަނީ އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލު ކަމަށް ގެންނެވުމަށް އެ މަނިކުފާނަށް ސިޓީއެއް ފޮނުވައިފަ އެވެ.
ހިސާން، އެ ތުހުމަތުތައް ދޮގު ކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ދުވަހަކު ވެސް ކުޑަކުއްޖަކަށް އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ