ކުޅުދުއްފުށީ ހިމެނޭހެން ނުވަ ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް ހަވާލުކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ނިންމާފައިވާ ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން އިތުރު ނުވަ ރަށެއްގެ ދަނޑުތަކުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ޓާފް ދަނޑު އެޅުމުގެ އެއްބަސްވުމުގައިވާ ރަށްތަކަކީ ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، މ. ދިއްގަރު، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި އަދި އައްޑޫ ސިޓީގެ ރަށެކެވެ.
އައްޑޫ ސިޓީގައި ޓާފް އަޅާ ރަށެއް ކަނޑައެޅިގެންދާނީ ނޭޝަނަލް ޓެންޑަ ބޯޑާއި މަޝްވަރާކުރެއްވުމަށް ފަހު ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު ވިދާޅުވިއެވެ. މި 9 ރަށުގެ ދަނޑުގައި ޓާރފް އެޅުމަށް އެވޯޑް ކުރެވިފައިވަނީ 30,851,212.02 މިލިއަން ރުފިޔާއަށެވެ.
ކުޅުދުއްފުށީ ހިމެނޭހެން ނުވަ ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް ސޮއިކޮށްފި---ފޮޓޯ:ޔޫތް މިނިސްޓްރީ
ކުޅުދުއްފުށީ ހިމެނޭހެން ނުވަ ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް ސޮއިކޮށްފި---ފޮޓޯ:ޔޫތް މިނިސްޓްރީ
އިއްޔެ ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފެވެ.We've signed contracts for Turf installation in the following islands with Malaysian Company, Velocity Sports Equipment Sdn Bhd;Ha. Hoarafushi Ha. IhavandhooHdh. Nolhivaram H dh. Hanimaadhoo H.dh KulhudhufushiM.DhiggaruDh.KudahuvadhooTh.ThimarafushiAddu City pic.twitter.com/Y16Vjcnbch— Ahmed Mahloof (@AhmedMahloof) September 29, 2020
މި މަސައްކަތް ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެއްވުމަށްފަހު ވަޒީރު ވިދާޅުވީ މިހާތަނަށް އައިރު ގާތްގަނޑަކަށް 40 ރަށެއްގެ ދަނޑުތަކުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން ޖުމްލަ 15 ރަށެއްގެ ޓާފް ދަނޑުތަކުގެ މަސައްކަތް ނިންމުމަށް އަމާޒުހިފާފައިވާ ކަމަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ފެންވަރު ރަނގަޅު 100 ޓާފް ދަނޑު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރު ތެރޭ އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ