ސަހީހް މުސްލިމްގެ ހަދީސް ފޮތުގެ 11 ވަނަ ބައި، ކުރީގެ ރައީސް ނަޝީދު ނެރެދެއްވައިފި

ޝައިހް ހުސައިން ރަޝީދު އަހުމަދު، ތަރުޖަމާ ކުރަވާފައިވާ ސަހީހް މުސްލިމްގެ ހަދީސް ފޮތުގެ 11 ވަނަ ބައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރެދެއްވައިފި އެވެ. ސަހީހް މުސްލިމް އަކީ މިލާދީން 800 ވަނަ ގަރުނުގައި ދިރިއުޅުއްވި އިސްލާމީ ޢިލްމުވެރިއެއް ކަމަށްވާ މުސްލިމް ބިން ހައްޖާޖް (އިމާމް މުސްލިމް) އެކުލަވާލައްވާފައިވާ ހަދީސް ފޮތެކެވެ. މި ފޮތުގެ ތަރުޖަމާ ޗާޕް ކުރައްވައި ފޮތެއްގެ ސިފައި ނެރުއްވުމުގެ ކުރިން ހުސައިން ރަޝީދު ވަނީ އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދެވި ކްލާސްތަކުގައި މިފޮތް ކިޔަވައި ދެއްވާފަ އެވެ. ސަހީހް މުސްލިމްގެ ތަރުޖަމާ އަކީ 2012 ވަނަ އަހަރުން ފެށިގެން ހުސައިން ރަޝީދު ތަރުޖަމާ ކުރައްވާ ބައިބަޔަށް ނެރުއްވަމުން ގެންދަވާ ފޮތް ސީރީޒް އެކެވެ. އެ ފޮތުގެ 11 ވަނަ ބައި ނަޝީދު ނެރެދެއްވީ، މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ