ރައީސް ޔާމީން މިނިވަންކުރުމާ ގުޅޭގޮތުން ޗައިނާއާ އެކު މަޝްވަރާކޮށްފި

ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަންކުރުމުގެ މަސައްކަތާ ގުޅޭގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޗައިނާ އާ އެކު މަޝްވަރާކޮށްފިއެވެ.އެ މަޝްވަރާތަކުގައި އެ ކޯލިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.އެ ބައްދަލުވުންތައް ބާއްވާފައި ވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައިގައެވެ. އެ ބައްދަލުވުންތައް ނިންމަވާލެއްވުމަށްފަހު ސައީދު މިހާރު ހުންނެވީ ޔޫއޭއީއަށް ވަޑައިގެންނެވެ.މިކަމާ ގުޅޭގޮތުން މީޑިއާއިން ސުވާލު ކުރުމުން ސައީދު އެއްވެސް އެއްޗެއް ވިދާޅެއްނުވިއެވެ. އަދި އެކަން ދޮގެއްވެސް ނުކުރެއްވިއެވެ.ރައީސް ޔާމީން ޖަލަށްލާފައި ވަނީ އެމްއެމްޕީއާރްސީގެ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވުމުންނެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ވެސް އެމަނިކުފާނު ވަނީ ޖޫރިމަނާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ