ވެރިން ތިބީ ކޯޅުމެއްގައި، ރައްޔިތުން ތިބީ މާޔޫސްވެ ގޮތް ހުސްވެފައި: ޔާމީން ރަޝީދު

މި ހާލަތުގައި ރައްޔިތުން ތިބީ މާޔޫސްވެ ގޮތް ހުސްވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
މެންބަރު ޔާމީން ވިދާޅުވީ ވެރިން ތިބީ ކޯޅުމެއްގައި ކަމަށާއި، ރައްޔިތުން ތިބީ މާޔޫސްވެ ގޮތް ހުސްވެފައި ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ރައްޔިތުން ނޫން ބައެއް ނެތްކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"ރައްޔިތުންގެ ބާރު ދައްކާނެ"، އެބޭފުޅާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޔާމީންއަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. 
މިފަދައިން ޔާމީން ޓްވީޓްކުރައްވާފައިވާ ދަނޑިވަޅަކީ ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި ހަމަނުޖެހުންތަކެއް އުޅޭކަމަށް ގިނަބަޔަކު ތުހުމަތު ކުރަމުންދާ ދުވަސްކޮޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ