ދިވެހި އާއިލާ އެއް ލަންކާ އިން ހައްޔަރު ކޮށްފި

ދިވެހިންގެ އާއިލާ އެއް އަވަށްޓެރި ސްރީލަންކާ އިން ހައްޔަރުކޮށްފިއެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުން ހައްޔަރު ކޮށްފައި ވަނީ މޯލްޑިވިއަން އަައިޑޮލް އިން މަޝްހޫރު ވި ލަވަކިޔުންތެރިޔާ ހުސައިން އިރުފާން (ޒަކިއްޓޭ)ގެ އާއިލާގެ ބައެކެވެ.
ލަންކާ އިން ދިވެހި އާއިލާއެއް ހައްޔަރުކޮށްފައިވާކަން ފޮރިން މިނިސްޓްރީން "ވަގުތު"އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "ވަގުތު"އަށް ވިދާޅުވީ، ލަންކާއިން ދިވެހި އާއިލާއެއް ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތެއް މިއަދު ލިބިފައިވާ ކަމަށެވެ.
މިއުވާން ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބިގެން މިހާރު ބަލަމުންދާ ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ކޮން ކަމަކާއި ގުޅިގެންކަން އޭނާ ސާފުކޮށް ދީފައެއް ނުވެއެވެ. އޭނާ ވިދާޅުވީ، އެކަން ބަލަމުންދާ ކަމަށެވެ.
"މާބޮޑު ޑީޓެއިލްއެއް އަދި ލިބިފައެއް ނެތް، މިހާރު ބޭރުގައި އުޅޭ މީހުންގެ ވިސާ އިޝޫސް އެބަ ދިމާވޭ، ބޭރުގައި ތިބި ހުރިހާ އެންމެންނަށް އަހަރުމެން އެބަ އަންގަން ވިސާ ކަންތައްތަކުގައި ސަމާލުވާން" މިއުވާން ވިދާޅުވިއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާ އިން ދިވެހިން ހައްޔަރު ކުރީ އެމީހުންގެ އަތުގައި އެއްވެސް ލިޔެކިޔުމެއް ނެތިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ