އަނުޝްކާއާއި ވިރާޓް ފޮރުވައިގެން އުޅުނު ދަރިފުޅުގެ ފޮޓޯތަކެއް ވައިރަލްވެއްޖެ

ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރްމާއާއި އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީގެ ދަރިފުޅު، ވަމިކާގެ ފޮޓޯތަކެއް ވައިރަލްވެއްޖެ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ދަރިފުޅު ލިބުމުން، އެ ދެމަފިރިންގެ އެންމެ ފުރަތަމަ އެދުމަކަށްވެސް ވީ ދަރިފުޅުގެ ފޮޓީ ނުނެގުމެވެ. އަދި އެކަމަށް އިންޑިއާގެ ޕަޕަރާޒީއާއި މީޑިއާތަކުންވެސް އިހުތިރާމު ކުރުމަށް އެދުނެވެ. އެ ދެމަފިރިން ބުނީ އެގޮތަށް ނިންމީ ދަރިފުޅަށް ބޭނުންވާ ޕްރައިވެސީ ދިނުމަށް ކަމަށެވެ.
މިހާތަނަށްވެސް އެ ދެމަފިރިން އުޅެމުން ދިޔައީ ދަރިފުޅުގެ މޫނު ނުދައްކައި ފޮރުވައިގެންނެވެ. ނަމަވެސް ދާދި ފަހުން ވިރާޓްގެ މެޗެއް ބަލަން ތިއްބައި ބަޔަކު ވަނީ އަނުޝްކާއާއި ވަމިކާގެ ފޮޓޯތަކެއް ނަގައިފަ އެވެ. އަދި އެ ފޮޓޯތަކުގައި ވަމިކާގެ މޫނު ވަރަށް ރީތިކޮށް ފެނެ އެވެ.
އެކަމާ ގުޅިގެން އަނުޝްކާ ނެރުނު ބަޔާނެއްގައި ބުނީ، ދަރިފުޅުގެ މޫނު ނުދެއްކުމަށް އޭނާ މީގެ ކުރިން އެދުނު އެދުމަށް ބަދަލެއް ނާންނަ ކަމަށެވެ. އަދި އެތަނުގައި ހުއްޓި ހުރި އިރު، ކެމެރާ އެދިމާލަށް އަޅުވާފައި ހުރި ކަމެއް ނޭނގޭ ކަމަށާއި އެހެންކަމުން ވަމިކާގެ މޫނު ފެންނަ ފޮޓޯތައް ހިއްސާނުކުރުމަށް އެދުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ