އެމް-ފައިސާ ބޭނުން ކޮށްގެން ކޭޝްބެކް ލިބޭ އޮފާއެއް!

އުރީދޫ އެމް-ފައިސާ ބޭނުން ކޮށްގެން ކްލަބް ޕްރިމިއާ މެމްބަރުންނަށް ކޭޝްބެކް ލިބޭ އޮފާއެއް ފަށައިފި އެވެ،
އެ އޮފާގެ ދަށުން އެމް-ފައިސާއިން ބިލްތައް ދައްކާ ކްލަބް ޕްރިމިއާ ކަސްޓަމަރުންގެ އެމް-ފައިސާ ވޮލެޓަށް، ފަސް ޕަސެންޓާ ހަމައަށް އަނބުރާ ފައިސާ ރައްދު ކުރެވޭނެ އެވެ. އުރީދޫން ބުނީ އެ އޮފާ ކުރިއަށް ދާނީ އޮކްޓޯބަރު މަހުގެ ނިޔަލަށް ކަމަށެވެ.
އުރީދޫން ބުނީ އެ އޮފާގެ ދަށުން އެމް-ފައިސާއިން ޔުޓިލިޓީ ބިލްތަކާއި، ގޭހަށް ފައިސާ ދެއްކުމުން ކޭޝްބެކް ލިބޭނެ ކަމަށެވެ. އަދި ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، މެންގޯ، ސޮނީ ލައިފްސްޓައިލް، ސެންޓްރަލް ޕާކް އަދި ސްކައިފޯލް ފަދަ ފިހާރަތަކާއި ރެސްޓޯރެންޓުތަކަށް އެމް-ފައިސާއިން ބިލު ދައްކައިގެން ވެސް ކޭޝްބެކް ލިބޭނެ އެވެ.
އެމް-ފައިސާ މެދުވެރިކޮށް ދެއްކާ ޔުޓިލިޓީ ބިލްތަކުގެ ތެރޭގައި ފެން ބިލު، ކަރަންޓު ބިލު، މީޑިއާނެޓް ބިލު، ވިލާ ގޭހާއި މޯލްޑިވް ގޭސް ބިލާއި އަމާނާ ތަކަފުލްގެ ބިލު ހިމެނެއެވެ.
ޕްރޮމޯޝަންގެ މުއްދަތުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއާ މެމްބަރުންނަށް ފައިސާ ދައްކާ ނިމުމުން ކޭޝްބެކް ވޮލެޓަށް ކްރެޑިޓް ވި ކަމުގެ އެސްއެމްއެސް އެއް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
ސުޕަނެޓް 40އެމް ނުވަތަ ޕޯސްޓްޕެއިޑް 1000 ރުފިޔާ އަދި އެއަށްވުރެ މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންނާއި، އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވެސް ކްލަބް ޕްރިމިއާގެ ހާއްސަ އޮފާތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ