ޕީއެންސީ ޖަލްސާއަށް އެތައް ސަތޭކަ ބަޔަކު، މުޅި ސަރަހައްދު ފުރާލައިފި

ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީން މިރޭ ބާއްވާ ޖަލްސާއަށް އެތައް ސަތޭކަ ބަޔަކު ޖަމާވެއްޖެ އެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި މިރޭ ޖަލްސާ ފެށޭނީ 9:00 ގަ އެވެ. ނަމަވެސް އިޝާ ނަމާދުގެ ފަހުން މީހުން ދިޔައީ ޖަލްސާއަށް ހާޒިރުވަމުންނެވެ. މިހާރުވެސް މުޅި އާޓިފިޝަލް ބީޗް އޮތީ ފުރާލާފަ އެވެ.
ބޮޑުތަކުރުފާނު މަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުވެސް އޮތީ މީހުންނައިގެން ވަރަށް ބޮޑަށް ތޮއްޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ