ފުވައްމުލަކަށް ދޫކުރާ ފެން ރައްކާތެރި ކަމަށް ބުނެފައި އޮއްވައި، ކައުންސިލުން އަމިއްލައަށް ސާމްޕަލް ނަގަން މަޝްވަރާކުރަނީ

ފުވައްމުލަކު ސިޓީއަށް ފެނަކައިން ދޫކުރާ ފެން ރައްކާތެރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފައި ވަނިކޮށް، ކައުންސިލުން އަމިއްލައަށް ފެނުގެ ސާމްޕަލް ނަގައި، ޓެސްޓުކުރުމަށް މަޝްވަރާކުރަން ފަށާފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ. ގާތްގަނޑަކަށް 11،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑި، ފެނަށް ޖެހުނީ މިދިޔަ ހޯމަ ދުވަހުއެވެ. ފެން ތަޣައްޔަރުވުމުގެ އިތުރުން ފެނުގެ ވިއުގައިން ފެން ލީކުވުމުގެ މައްސަލަ ވެސް ފުވައްމުލަކުގެ ފެނުގެ ނެޓްވޯކަށް މެދުވެރިވެފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މީގެ ކުރިން ބުންޏެވެ. އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ފެނަކަ ފުވައްމުލައް ބްރާންޗުން ދޫކުރާ ފެނުގެ މައްސަލައާ ގުޅިގެން އެކި ސަރަހައްދުތަކުން ފެން ނަގައިގެން ތަހުލީލުކޮށްފައިވާ ކަމަށެވެ. އެ ތަހުލީލުތަކުގެ ނަތީޖާއާ ހަވާލާދީ ބަޔާނުގައި ބުނީ، އެ ފެނަކީ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށެވެ. އެކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން، ފުވައްމުލަކު ސިޓީ ކައުންސިލްގެ އިރު އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު އަހުމަދު މިއަދު ވިދާޅުވީ، އިއްޔެއިން ފަށައިގެން ފެނަަކައިން ގާތްގަނޑަކަށް މުޅި ސިޓީއަށް ފެން ދޫކޮށް ނިމިފައިވާ ކަމަށެވެ. އެކަމަކު، ކްރޮސް ކަނެކްޝަން ހަދާފައި ހުރި ބައެއް ގެތަކަށް ފެން ދޫނުކޮށް އެބަ ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ރަނގަޅުކުރުމަށް ބައެއް ގެތަކަށް ފެނަކައިން އަންގާފައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. ނާސިރު ވިދާޅުވީ، ފެން ދޫކުރަން ފެށުމުން ފެނަކައާ ބައްދަލުކޮށް، ސިއްހީ ގޮތުން ފެނުގެ ސައްހަކަން ކަށަވަރުކުރަން ކައުންސިލުން ބޭނުންވާކަން އަންގާފައިވާނެ ކަމަށެވެ. އެ ގޮތަށް [ ސިއްހީ ގޮތުން ފެނުގެ ސައްހަކަން] ކަށަވަރުކުރެވެން ދެން [ފެން ދޫނުކޮށް] މަޑުކޮށްލަދޭށޭ. އެކަމަކު، އެބޭފުޅުން [ފެނަކައިން] އެ ފެން ދޫކޮށްފައި އެ ހުރީ އިއްޔެއިން ފެށިގެން. އޭރު ވިދާޅުވީ، ޓެސްޓު ހަދަން ސާމްޕަލް ހަދަން ފޮނުވާފައޭ ވީ،އިރު އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ސާމްޕަލްގެ ޓެސްޓު މިއަދު ނުލިބިގެން އުޅެނިކޮށް، އެ ސިޓީއަށް ދޫކުރާ ފެން ރައްކާތެރި ކަމަށް ބުނެ، ހަވީރު އެމްއެފްޑީއޭއިން ނެރުނު ބަޔާނެއް ފެނުނު ކަމަށެވެ. އެ ކަމުގައި އަދިވެސް، ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ފުވައްމުލައް ސިޓީ: ފުވައްމުލަކަށް ދޫކުރާ ފެން ރައްކާތެރި ކަމަށް ބުނެފައި އޮއްވައި، ކައުންސިލުން އަމިއްލައަށް ސާމްޕަލް ނަގަން މަޝްވަރާކުރަނީ --- ފޮޓޯ: ޔުނެސްކޯ "ރައްޔިތުން ބޯން ބޭނުންކުރާ ސިއްހަތާ ގުޅުން ހުރި ކަމަކަށްވެފައި، ރައްޔިތުންގެ ތެރޭގައި ހިތް ނުތަނަވަސްކަމާއި ޝައްކު އުފެދިފައި އޮތް ދަނޑިވަޅެއްގައި އަލުން އެ ފެން ދޫކުރާއިރު، އޭގެ ސައްހަކަން އެންމެން ވެސް ބޭނުންވާނެ ކަށަވަރުކުރަަން" އޭނާ އިތުރަށް ތަފްސީލުކޮށްދެއްވިއެވެ. އޭނާ ވިދާޅުވީ، ފެނުގެ ސާމްޕަލްގެ ނަތީޖާ ކަމާ ގުޅުން ހުރި މުއައްސަސާތަކާ ހިއްސާކުރަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެ ފަދަ ނަތީޖާއެއް މިހާތަނަށް ކޮށްފައިނުވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ، ނަތީޖާ އެނގުނީ އެމްއެފްޑީއޭގެ ނޫސްބަޔާނުން ކަމަށެވެ. އެ ނަތީޖާ ހިއްސާކުރުމަށް ކައުންސިލުން އެދިފައިވާނެ ކަމަށް ނާސިރު ވިދާޅުވިއެވެ. އޭގެއިތުރަށް، ފެނުގެ ސައްހަކަން ކަށަވަރުކުރުމަށް ކައުންސިލުން އަމިއްލައަށް ފެނުގެ ސާމްޕަލް ނަގައިގެން ތަހުލީލު ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. https://sun.mv/213875 އަޅުގަނޑުމެން ވާހަކަދައްކަމުން މަޝްވަރާކުރަމުން މިދަނީ ރަށުގެ އެކި ހިސާބުތަކުން ފެނުގެ ސާމްޕަލް ކައުންސިލުން ނަގާފައި [ޓެސްޓުކުރަން] އަޅުގަނޑުމެން ބަޔަކު ހޯދަން. މިސާލަކަށް އެމްޑަބްލިއުއެސްސީގެ ލެބުން ނަމަވެސް އަމިއްލަ ގޮތުން އެކަން ޓެސްޓު ކުރެވޭތޯ މަސައްކަތް ކުރަމުން މި ދަނީ. އަދި ހަމައެކަނި މަޝްވަރާ ކުރަމުން މި ދަނީ،އިރު އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު ހަމައެހެންމެ، އާދިއްތަ ދުވަހު އޮފީސްތައް ހުޅުވުމުން އެ ކަން ކޮށްދޭނެ ބަޔަކު ހޯދަން މަސައްކަތް ފަށާނެ ކަމަށް ނާސިރު ވަނީ ވިދާޅުވެފައެވެ. ފެން ނުލިބުމުގެ މައްސަލަ އެއްކޮށް ހައްލުވާން ހައެއްކަ ގަޑިއިރު ނަގާނެ ކަމަށް ސަރުކާރުން އަންގާރަ ދުވަހުގެ މެންދުރުފަހު ބުނި ނަމަވެސް، އޭގެ ފަހުން ވެސް ފެން ނުލިބޭ މައްސަލަ ހައްލުނުވެ ދިގު ލައިގެން ދިޔައެވެ. އެހެންވެ ފުވައްމުލަކުގެ ބައެއް އާންމުން ވަނީ އެކަމާ ގުޅިގެން ފުވައްމުލަކުގެ ފެން ޕްލާންޓް ކުރިމަތީ އިހުތިޖާޖުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ