ފުވައްމުލަކުގެ ސަޕްލައި ފެނަށް މައްސަލަ ދިމާވުމުން މިދިޔަ މަހަށް ބިލު ނުކުރަން ނިންމައިފި

ފުވައްމުލަކުގައި ފެނުގެ ހިދުމަތް ދިނުމުގައި ޖެހިފައިވާ މައްސަލަތަކާ ގުޅިގެން މިދިޔަ މަހުގެ ފެން ބިލު ދައްކަން ނުޖެހޭ ގޮތް ހަދައިފި އެވެ.ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް، ރަނގަޅު ފެންވަރެއްގައި އެ ހިދުމަތް އަލުން ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ.ރާއްޖޭގެ އެންމެ ދެކުނުގެ އެންމެ ދެކުނު އެއް ސިޓީގެ ފެނުގެ ނެޓްވޯކުގެ މަސައްކަތްތައް މިދިޔަ މަހު ކުރަމުން ދިޔައިރު، ފެން ކެނޑުމާއި ފެނުގެ ޕްރެޝަރު ދަށްވުން ކަހަލަ ކަންކަން ހިނގާފައިވެ އެވެ. ފެނަކަ އިން އެ މައްސަލަތައް ހައްލު ކުރަން ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެގެ.އެހެންވެ މި ކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި މިދިޔަ މަހު ފެނަށް ބިލު ނުކުރާ ގޮތަށް ނިންމާފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.ފުވައްމުލަކު ސިޓީ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި، ފެނުގެ މައްސަލައަށް ހައްލު ހޯދަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް އެކި ފަހަރު މަތިން ހުށަހެޅި އެވެ. ނަމަވެސް، އެ މައްސަލަތަކަށް ހައްލެއް ނުލިބި، މިދިޔަ މަހުގެ މެދު ތެރެއިން ފެށިގެން ފެނުގެ ހިދުމަތް މެދުކެނޑެން ފެށުމާއި ފެން ތަޣައްޔަރުވެފައިވާ ކަމުގެ ޝަކުވާ އިތުރުވުމުން، ކައުންސިލުން ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހަޅައި ފެން ޓެސްޓުކުރި އެވެ.ފެން ތަޣައްޔަރުވެފައިވާކަން އެނގި ފެނުގެ ހިދުމަތް މެދުކަނޑާލަން ޖެހުނީ ސިޓީ ކައުންސިލުން ހެދި އެ ޓެސްޓުތަކުން އެކަން ކަށަވަރުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ