ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިމިޓްލެސް ބޫސްޓާސް ތައާރަފްކޮށްފި ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިމިޓްލެސް ބޫސްޓާސް ތައާރަފްކޮށްފި

ކަސްޓަމަރުންނަށް ހަލުއި ސްޕީޑެއްގައި ޑޭޓާ އަންލިމިޓެޑްކޮށް ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިރާގުން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މުޅިން އާ "ލިމިޓްލެސް ބޫސްޓާސް" ތައާރަފުކޮށްފި އެވެ.
ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށީގެންވާގޮތަށް ހިޔާރުކުރެވޭ، އެއް ދުވަހުގެ މުއްދަތުން ފެށިގެން 15 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭ މި ބޫސްޓަރތަކުގެ ފަސް ވައްތަރެއް ދިރާގުން ވަނީ ތައާރަފްކޮށްފަ އެވެ.
މި ބޫސްޓަރތައް އެކްޓިވޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް، މައިއެކައުންޓް މެދުވެރިކޮށް، ނުވަތަ އެ ބޫސްޓަރެއްގެ އެސް.އެމް.އެސް ޝޯޓް ކޯޑް 343 އަށް އެސްއެމްއެސް ކޮށްގެން އެކްޓިވޭޓް ކުރެވެ އެވެ.
ދިރާގުން ބުނީ ލިމިޓްލެސް ބޫސްޓާތަކުގެ އެހީގައި، ސްޓްރީމްކުރުމަށް، ގޭމް ކުޅުމަށް، ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތްކުރުމަށާއި އެހެނިހެން ބޭނުންތަކަށް ގިނައިން ޑޭޓާ ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހަލުއި ސްޕީޑުގައި އިންޓަރނެޓްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
ދިރާގުން މުޅިން އަލަށް މާކެޓަށް ތައާރަފުކޮށްފައިވާ މި ހިދުމަތަކީ ދިރާގުގެ އަންލިމިޓެޑް ޕްލޭންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ހިދުމަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ދަނީ ލިމިޓްލެސް ޕޯސްޓްޕެއިޑް ޕްލޭންތަކާއި، ލިމިޓެއްނެތް ފައިބަރގެ ހިދުމަތްތަކާއެކު ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ހާއްސަކޮށްގެން ހެޔޮ އަގުގައި އަގުހުރި ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ