އަލަށް މީހުން ދިރިއުޅެން ފެށި، އަމާން އުދަރެސްގެ ޓަވަރެއްގައި ޖީޕީ ކްލިނިކެއް ގާއިމުކުރަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 4،000 ފުލެޓުގެ ތެރެއިން އަމާން އުދަރެސް ޓަވަރެއްގައި ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކުލިނިކެއް އަޅަން ހުޅުމާލެ ހޮސްޕިޓަލާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސަކީ ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަހައްދެއް ކަަމަށްވާއިރު، އެކި ޚިދުމަތްތައް ހޯދޭނެ އިންތިޒާމު އެ ސަރަހައްދުގައި ނުހުންނަ ކަމުގެ ޝަކުވާ ކުރެއެވެ. ހުޅުމާލޭ ހޮސްޕިޓަލާއި އެފްޑީސީއާ ދެެމެދު އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އާބަން ޕްރައިމަރީ ހެލްތު ކެއާ ކްލިނިކެއް އަމާން އުދަރެސް ޓަވަރު ހަޔެއްގައި އަޅާނެ ކަމަށެވެ. ހުޅުމާލޭގައި ޖީޕީ ކްލިނިކެއް އަޅަން ސޮއިކުރުމުގެ ތެރެއިން ---- ފޮޓޯ/ އެފްޑީސީ އެ ކްލިނިކުން ކުޑަކުދިންނަށް ވެކްސިން ދިނުމާއި ބަރުދަން ބެލުމާއި ކައުންސެލިންގެ ޚިދުމަތް ލިބޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ. މީގެ ފައިދާ ހަމަ ޔަގީނުން ވެސް ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ. އެއީ، ހޮސްޕިޓަލްތަކަށް ޖީޕީ ސާވިސް ހޯދަން ވަޑައިގަތުމުގެ ބަދަލުގައި ޖީޕީ ކްލިނިކުން މި ޚިދުމަތް ހޯދާފައި. އިތުރު ސްޕެޝަލިސްޓުންނަށް ދައްކަން ބޭނުންވެއްޖެ ހާލަތެއްގައި ޖީޕީ ކްލިނިކު މެދުވެރިކޮށް އަވަހަށް އެޕޮއިންޓުމަންޓް ލިބޭނެ ގޮތް ވެސް ހަމަޖެހޭނެމާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލެ ސަރަހައްދުގައި ހަ ޖީޕީ ކްލިނިކް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. ހަލީމް ވިދާޅުވީ، ހެންވޭރުގައި ޖީޕީ ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެގޮތުން، މަސައްކަތް ކުރަނީ، އެ ކްލިނިކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ކްލިނިކްގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. https://x.com/Fdc_mv/status/1998360260684476740 އޭގެއިތުރަށް، ހަލީމް ވަނީ ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް އެފްޑީސީން ހެލްތު މިނިސްޓްރީއާއި އިދާރާތަކާ ގުޅިގެން މަސައްކަތްތަކަށް ދޭ އެއްބާރުލުން ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ވެސް ޖީޕީ ކްލިނިކެއް ހިންގައެވެ. ހިޔާ ޓަވަރު 16ގައި ހިންގާ އެ ކުލިނިކުން 24 ގަޑިއިރަށް ޚިދުމަތް ދޭން ފެށީ، މިދިޔަ ސެޕްޓެމްބަރު އެކާވިހުގައެވެ. https://sun.mv/214145 އޭގެފަހުން، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރަސްފަންނު ބީޗު ސަރަހައްދުގައިި އިމާރާތްކުރަން ފެށި ކޮރަލް ބޮލެވާޑުގެ އިމާރާތް, ޖެނެރަލް ޕްރެކްޓިސް ކްލިނިކަކަށް ބަދަލުކޮށް، މިދިޔަ މަހު 19ގައި ވަނީ ހުޅުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ