މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކާ ގުޅިގެން، ބޮޑުތަކުރުފާނުމަގާއި ޗާންދަނީމަގު ގުޅޭހިސާބުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ފުލުހުން އާއްމުކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ، މި ގެނެވުނު ބަދަލާއެކު، ބޮޑުތަކުރުފާނުމަގާއި ޗާންދަނީމަގު ގުޅުނު ހިސާބުން ފެށިގެން ޗާންދަނީމަގު އޯކިޑްމަގާއި އަމީރު އަހުމަދު މަގު ގުޅުނު ކަންމައްޗާ ހަމައަށް މިހާރު ދެ ކޮޅަށް ދުއްވޭނެ ކަމަށެވެ. މިއީ ކުރިން އެއްކޮޅަށް ދުއްވޭ ސަރަހައްދެކެވެ.
މާލޭގެ މަގުތައް މަރާމާތުކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން ބައެއް މަގުތައް ބަންދުކުރަން ޖެހުމާއި ގުޅިގެން، ދަތުރުވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ޓްރެފިކް ފްލޯއަށް ބަދަލުތައް ގެންނަމުންނެވެ.
މަގުހެދުމުގެ މަސައްކަތާއި ގުޅިގެން ޗާންދަނީމަގު އުުތުރުފަރާތުގެ ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ