އުރީދޫ ބިލް ދެއްކުމާއި އެޑްއޮންސްއާއި ރީޗާޖް ވެސް މިހާރު އޮޓޯޕޭއިން؛ ދެން ހަނދާނެއް ނުނެތޭނެ
އުރީދޫ މޯލްޑިވްސްއިން ވަނީ އުރީދޫ އެޕްގައި ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ އައު "އޮޓޯޕޭ" ފީޗާއެއް ތަޢާރަފުކޮށްފައެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ބިލްތަކަށް ފައިސާ ދެއްކުމާއި، ރީޗާޖް ކުރުމާއި، އެޑް-އޯންތައް ގަތުމުގެ ކަންކަން ފަސޭހަކަމާއެކު އޮޓޮމެޓިކުން ކުރެވޭނެއެވެ. ކޮންމެ ދުވަހަކު ބޭނުންކުރާ މުވާސަލާތީ ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަކޮށްދިނުމަށް ފަރުމާކޮށްފައިވާ މި ފީޗާގެ އެހީގައި، ކަސްޓަމަރުންނަށް އެ މީހުންގެ ކާޑުގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ސޭވްކޮށް، ބޭނުންވާ ތާރީޚަކާއި ވަގުތެއްގައި އޮޓޮމެޓިކުން ފައިސާ ދެއްކޭގޮތް ތާވަލުކުރެވޭނެއެވެ. މަހު ބިލަށް ފައިސާ ދެއްކުން ކަމުގައި ވިޔަސް، ޕްރީޕެއިޑް ރީޗާޖްކުރުން ކަމުގައި ވިޔަސް، ނުވަތަ ބޭނުންވާ އެޑް-އޯނެއް ގަތުން ކަމުގައި ވިޔަސް، އެއް ފަހަރު މި ސެޓިންގް ހަމަޖައްސާލުމުން ދެން ހުރިހާ ކަމެއް ކުރިއަށްގެންދާނީ އުރީދޫ އެޕުންނެވެ. މި ފީޗާގެ ސަބަބުން ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާ ނުވަތަ ކުރަންޖެހޭ ރީޗާޖްތައް ހަނދާން ކުރަންޖެހޭ އުނދަގުލުން ސަލާމަތްވެ، މެދުކެނޑުމެއްނެތި ޚިދުމަތްތައް ބޭނުންކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބެއެވެ. މީގެ އިތުރުން، އޮޓޯޕޭގެ އެކި އޮޕްޝަންތަކުގެ ތެރެއިން ބޭނުންވާ ގޮތެއް އިޚްތިޔާރުކޮށް، އޮޓޮމެޓިކުން ކުރާ މުޢާމަލާތްތައް އުރީދޫ އެޕް މެދުވެރިކޮށް ސީދާ މެނޭޖްކުރުމުގެ ޤާބިލުކަން ކަސްޓަމަރުންނަށް ލިބިގެންދެއެވެ. އޮޓޯޕޭގެ ޚިދުމަތް އެކްޓިވޭޓް ކުރުމަށްޓަކައި، ކަސްޓަމަރުން ކުރާ މުޢާމަލާތެއްގެ ތެރެއިން އެ މީހުން ބޭނުންވާ ކާޑު ސޭވްކޮށްލުމަށްފަހު، އުރީދޫ އެޕްގެ "މޯ" މެނޫއިން އޮޓޯޕޭ ސެކްޝަނަށް ގޮސް، އޮޓޮމެޓިކުން ކުރިއަށްގެންދަން ބޭނުންވާ ޚިދުމަތާއި ތާވަލު އިޚްތިޔާރުކޮށްލުމުން ފުދޭނެއެވެ. އޮޓޯޕޭ ތަޢާރަފުކުރުމާއެކު، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންގެ ޚިދުމަތްތައް މެނޭޖްކުރުމަށް ސްމާޓް އަދި ފަސޭހަ ގޮތްތަކެއް ފަހިކޮށްދީ، ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެމުންނެވެ. ކަސްޓަމަރުންނަށް މިއަދުވެސް އުރީދޫ އެޕް މެދުވެރިކޮށް އޮޓޯޕޭ ސެޓްއަޕް ހަދާލައިގެން، ބިލްތަކަށް ފައިސާ ދައްކަން ހަނދާން ނެތުމުގެ އެއްވެސް ފުރުޞަތެއް ނެތް ގޮތަށް، ފަސޭހަކަމާއެކު މި ޚިދުމަތް ބޭނުންކުރަން ފެށޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް އުރީދޫގެ ވާޗުއަލް އެސިސްޓަންޓް "އެވީ" އާ ޗެޓްކޮށްލެވޭނެއެވެ. https://ore.do/evee
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ