ސީއޭ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ފުރަަތަމަ ފަހަރަށް އޮޑިޓަރުންގެ ފޯރަމެއް އިއްޔެ ބާއްވައިފި އެވެ.
އޮޑިޓް ދާއިރާގައި ފެންވަރު ރަނގަޅުކޮށް، އައު ގޮތްތައް ތައާރަފުކުރުމުގެ އިތުރުން އިތުބާރު އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ އެ ފޯރަމްގައި 100 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.
އެ ފޯރަމް އިފްތިތާހުކޮށްދެއްވި ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީލް އަބްދުﷲ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި އޮޑިޓަރުންނަށް ހާއްސަ މަންސަތައް ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
މިގޮތުން މައުލޫމާތު ހިއްސާ ކުރުމާއި، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި، ކުރިއަށް ދުވަސްތަކުގައި ކުރިމަތިވާނެ ކަންކަމަށް ތައްޔާރުވުމުގެ މުހިންމުކަމަށް މުހައްމަދު ހަލީލް އަލިއަޅުއްވާލެއްވި އެވެ.
ފޯރަމްގެ ޝަރަފުވެރި މެހެމާން ކުރީގެ އޮޑިޓާ ޖެނެރަލް އަދި ސީއޭ މޯލްޑިވްސްގެ ކުރީގެ ރައީސް ހަސަން ޒިޔާތު ވަނީ އޮޑިޓަރުން މިހާރު ކުރަމުންދާ މަސައްކަތުގެ އިތުރުން، އިދާރާތަކަށް މަގުދައްކައިދޭ ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ.
ފޯރަމްގައި ދާއިރާގެ ފަންނީ މާހިރުންގެ ޕެނަލް މަޝްވަރާތަކެއް ކުރެވުނެވެ. އެ މަޝްވަރާތަކުގައި އެސްއޯއީ އޮޑިޓްތަކާއި އޭގެ ފެންވަރު ބެލެހެއްޓުމާއި ޕްރޮފެޝަނަލް ހިދުމަތްތަކުގެ އަގު ކަނޑައެޅުން ފަދަ މައުޟޫތައް ހިމެނުނެވެ.
މީގެއިތުރުން މަޝްވަރާތަކުގައި އޮޑިޓް ފެންވަރު މަތިކުރުމާއި، އޭއެމްއެލް، އީއެސްޖީ އަދި އަލަސް ތައާރަފްކުރަމުންދާ ޓެކްނޮލޮޖީތަކާ ގުޅޭގޮތުން މަޝްވަރާ ކުރި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮޑިޓަރުންގެ ފޯރަމެއް ބާއްވައިފި ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮޑިޓަރުންގެ ފޯރަމެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ