ކޮވިޑް ވެކްސިން ޖެެއްސެވުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވައިފި

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ކޮވިޑް ވެކްސިން ދިނުމަށް މާލެއަށް ގެނައުމުން، ވެކްސިން ޖެއްސެވުމަށް ދެކޮޅު ހައްދަވައިފިއެވެ.
މިރޭ އޭޑީކޭ ހޮސްޕިޓަލްގައި ދަނީ އެޗްޕީއޭގައި ރަޖިސްޓަރވެފައިވާ ފަރާތްތައް އެޕޮއިންޓްމެންޓް އުސޫލުން ފައިޒަރ-ބަޔޮންޓެކް ވެކްސިން ޖަހައިދެމުންނެވެ.
ރާއްޖޭގެ އޮންލައިން މީޑިޔާއެއްކަމަށްވާ "ސަން"އަށް މަޢުލޫމާތުދެމުން ކަރެކްޝަންސްއިން ބުނީ ވެކްސިން ޖެހުމަށް ރައީސް ޔާމީން މިރޭ 9:45 ހާއިރު މާލެއަށް ގެނެވުނުކަމަށެވެ. ނަމަވެސް ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވުމުން އެމަނިކުފާނު އަނބުރާ މާލެއަށް ގެންދެވުނުކަމަށް ވަނީ ބުނެފައެވެ.
ރައީސް ޔާމީނަކީ ހިތުގެ މައްސަލަތައް ހުންނަ ބޭފުޅަކަށްވުމުން އެމަނިކުފާނަށް ފައިޒަރ ވެކްސިން ޖެހުމުގެ ފުރުޞަތު އޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ