މިރަމަޟާން މަހުގައިވެސް އިސްލާމިކް މިނިސްޓްރީން ގިނަ ދީނީ ޕްރޮގްރާމްތަކެއް ގެނެސްދެނީ

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިރަމަޟާންމަހު އިސްލާމިކު މިނިސްޓްރީން ގިނަ ދީނީ ޕްރޮގްރާމްތަކެއް ގެނެސްދިނުމަށް ނިންމައިފިއެވެ.
އިސްލާމިކު މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި މިރަމަޟާންމަހު ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރޭގައި އިޙްޔާ ފޯރަމް، ދަރުސް ފޯރަމް، ޤުރްއާން މުބާރާތް، ދީނީ ސުވާލާއި ޖަވާބު، ރޯދައާއި އަޚުލާޤުގެ އިތުރުން މެދުމިން ހިމެނެއެވެ.
އެގޮތުން މިޕްރޮގްރާމްތައް ޕީއެސްއެމްގެ "މުންނާރު" ޓީވީ ޗެނަލުން ވަގުތުން ދުރަށް ފޮނުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް ޕްރޮގްރާމްތައް ރިކޯޑުކޮށް ބައެއް ޗެނަލްތަކުން ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
އާންމުކޮށް ކޮންމެ ރަމަޟާންމަހެއްގައިވެސް ގެނެސްދޭ ދީނީ ދަރުސް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކުރިއަށް ގެންދާއިރު ދީނީ ދަރުސް ދެއްވާނީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ