ރިޟްވާން އެންޑް ޔާމީން"، މި ނަމުގައި ފައުންޑޭޝާނެއް އުފައްދަނީ"

“ރިިލްވާޟް އެންްޑް ޔާމީން ފައުންޑޭޝަން“ މި ނަމުގައި ފައުންޑޭޝަނެއް އުފެއްދުމަށް އެ ދެ ފަރާތުގެ އާއިލާއިން ނިންމައިފިއެވެ.
މިކަން އިޢުލާން ކުރުމުގެ ގޮތުން މ.ޝައިނިންގ ސްޓާރގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީންގެ މަންމަ ވިދާޅުވީ މިއަދަކީ ޔާމީންގެ އުފަން ދުވަސް ކަމަށާއި އެހެންކަމުން މި ދުވަހާއި ގުޅިގެން ފައުންޑޭޝަނެއް އުފައްދަން ބޭނުންވީ ކަމަށެވެ.
”މި ފައުންޑޭޝަން އަކީ ކޮންމެ މީހަކަށްމެ ލިބިދޭ އިންސާނީ ހައްޤުތަކާއި، ޑިމޮކްރަސީއާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމާއި، ތަފާތު ފިކުރަށް އިޚްތިރާމް ކުރުމާއި، އިންސާފާއި ގަދަރުވެރި ދިރިއުޅުމުގެ ހައްޤު ކުރިއެރުވުމަށް މަސައްކަތް ކުރާނެ ފައުންޑޭޝަނެއް. މިދެންނެވި ރޮނގުތަކުން ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމަކީ މި ފައުންޑޭޝަންގެ އެންމެ ބޮޑު އެއް އަމާޒު.” ޔާމީން ރަޝީދުގެ މަންމަ ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޔާމީންގެ މަންމަ ވިދާޅުވީ، މިހާތަނަށް އައިއިރު ޔާމީން އަދި ރިޟްވާންގެ އާއިލާއަށް އެެއްވެސް ތަސައްލީއެއް ލިބިފައި ނުވާ ކަމަށާއި އިންސާފުގެ ކުނޑިފުކެއްވެސް ލިބިފައި ނުވާ ކަމަށެވެ. އަދި މަރުތަކުގެ މައްސަލަތައް ބަލަން ރައީސް އުފެއްދެވި ކޮމިޝަނަށް ޤާނޫނީ ބާރުވެރިކަން ދިނުމާއި ބެހޭ ބިލް ތިންފަހަރު އެޖެންޑާ ކޮށްގެންވެސް ފާސްކޮށްނުދިނުމަކީ މަރުތަކުގެ ހަޤީޤަތް ފޮރުވުމަށް ނުފޫޒުގަދަ ބަޔަކު ފައިނަގައިގެން ތިބި ކަމުގެ ސާފު ދަލީލެއް ކަމަށްވެސް ޔާމީންގެ މަންމަ ވިދާޅުވިއެވެ.
ރިޟްވާނަށް ވީނުވީ ގޮތް އަދިވެސް ހޯދިފައިނުވާއިރު ޔާމީން ރަޝީދަކީ ވަރަށް އަނިޔާވެރިގޮތަކަށް މަރާލެވިފައިވާ ޒުވާނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ