ސެކިއުރިޓީ ގާޑު ބަނުމަށްފަހު މަގޫދޫ ކައުންސިލް އިދާރާގެ ތިޖޫރީގައި ހުރި ފައިސާ ވަގަށްނަގައިފި

ފ. މަގޫދޫ ކައުންސިލް އިދާރާ ފަޅާލައި އެތަނުގެ ތެރެއަށް ވަދެ، އެއިދާރާގެ ތިޖުރީން ވައްކަންކޮށްފި އެވެ.
ފުލުހުން ބުނީ، މިހާދިސާ ހިނގާފައިވަނީ ރޭ 3:30 ހާއިރު ކަމަށެވެ. އަދި މަގޫދޫ ކައުންސިލް އިދާރާ ފަޅާލައި އެތާނގައި ހުރި ތިޖޫރީ ހަލާކުކޮށްލުމަށްފަހު ތިޖޫރީން ފައިސާ ގެންގޮސްފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ، ކައުންސިލް އިދާރާއަށް ވަދެފައިވަނީ އެއިދާރާގެ ސެކިއުރިޓީ ގާޑު ބަނުމަށްފަހު، ކައުންސިލްގެ ދޮރު ހަލާކުކޮށްލައިގެން ކަމަށެވެ.
ތިޖޫރީގައި ހުރީ މަދުއަދަދެއްގެ ފައިސާ ތަކެއްކަން ފާހަގަ ކުރައްވަ ފުލުހުން ބުނީ، މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މިމައްސަލާގައި މީހަކު އަދި މިހާތަނަށް ހައްޔަރު ކުރިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ