ރޯދައަށް ހާއްސަކޮށް ހުޅުމާލެ ސާފް ކުރަން އެޗްޑީސީން އިސްނަގައިގެން ނުކުންނަނީ

.އެޗްޑީސީއިން އިސްނަގައިގެން ހުޅުމާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތައް ސާފުކުރުމުގެ ހަރަކާތްތައް މި އަހަރެސް ކުރިއަށްގެންދަން ނިންމައިފިއެވެ.
ދިވެހިންގެ ރީތި އާދަކާދަތައް އާލާކުރުމުގެ ގޮތުން ރޯދަމަހާ ދިމާކޮށް ބާއްވާ މިއަހަރުގެ "ރޯދަ ސާފު" ޕްރޮގްރާމަކީ އެހެން އަހަރުތަކާހިލާފަށް މުޅިހުޅުމާލެއަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތެކެވެ.
އެޗްޑީސީން ބުނީ، މި އަހަރުގެ ހަރަކާތުގައި ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން، ރަށުގެ ގޮނޑުދޮށާއި، ފަޅުތައް ހިމެނޭގޮތަށް ސާފުކުރާނެ ކަމަށެވެ.
މީގެ އިތުރުން ވެމްކޯ، ޕޮލިސް އަދި އެމްއެންޑީއެފްއާ ގުޅިގެން ހުޅުމާލެ ގޭބިސީތަކުން ބޭރުކުރާ ކުނިތައް ނައްތާލުމުގައި ހުޅުމާލެ ރައްޔިތުންނަށް އެޗްޑީސީއިން އެހީވެދިނުމަށްވެސް މިއަހަރުގެ ޕްރޮގްރާމްގައި ވަނީ ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުންޏެވެ. އަދި ހުޅުމާލެ ފަޅުތެރެއާއި ގޮނޑުދޮށް ސާފުރުކުމުގައި ހުޅުމާލެ ވޯޓަރސްޕޯރޓްސް ކުންފުނިތަކުން ވެދެއްވާ އެހީތެރިކަމުގެ އިތުރުން ލަފާރޖްގެ 20 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި އެކުންފުނިން ދަނީ ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.
އެޗްޑީސީން ބުނީ، މި އަހަރުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ހެނދުނު 8:00 ރުއްގަނޑު 1 ސަރަހައްދުން ކަމަށެވެ.
ބައިވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުމާލެތެރެ ސާފުކުރަން ބޭނުންވާ ތަކެތި ހަވާލުކޮށް ޒޯންތަކަށް ބައިވެރިން ބަހާލެވިގެންދާނެއެވެ. މިޕްރޮގްރާމްގެދަށުން ގޭބިސީތަކުންނާއި ނެއިބަރހުޑްތަކުން ރައްޔިތުން އެއްކުރާ ކުނި ޖަމާކުރުމަށް ހަމަޖައްސާފައިވާ ސަރަހައްދުތައް ސާފުވާނެެހެން ތައްޔާރުކުރެވިފައިވާ މެޕެއް އެދުވަހު ރުއްގަނޑު ސަރަހައްދުގައި ހަރުކޮށްފައި ހުންނާނެއެވެ. މިގޮތުން އެއްކުރެވޭ ކުންޏަކީ ސިމެންތި، ގަލާއި ހިލަވެލި ފަދަ އިމާރާތްކުރުމަށް ބޭނުންކުރާޒާތު ކުންޏާއި ކުނިވާޒާތުގެ ކުންޏަށް ވެގެންނުވާނެއެވެ. އަދި ފާހަގަކުރެވިފައިވާ "ކަލެކްޝަން ޕޮއިންޓް" ތަކަށް
"އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު މި ޕްރޮގްރާމުގައި 600 އަށްވުރެ ގިނަ ބައިވެރިން އަޅުގަނޑުމެންނާއިއެކީ ހުޅުމާލެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވެ ހުޅުމާލެއާއި ހުޅުމާލޭގެ ގޮނޑުދޮށް އަދި ފަޅުތެރެ ހިމެނޭހެން %85 ސާފުކުރުމެވެ". އެޗްޑީސީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ