ފަތުރުވެރިންނަށް ޓެސްޓް ހެދޭނެ އިންތިޒާމު 5 ހޮސްޕިޓަލެއްގައި ހަމަޖައްސައިފި

ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ކޮވިޑް-19 ގެ ޕީސީއާރް ޓެސްޓު ހެދޭނެ އިންތިޒާމު ފަސް ހޮސްޕިޓަލެއްގައި ހަަމަޖައްސައިފިއެވެ.
އެޗްޕީއޭ އިން ބުނީ ފުރަންވާ އިރަށް ނަތީޖާ ލިބޭނީ ފުރުމުގެ 48 ގަޑިއިރު ކުރިން ސާމްޕަލް ހޮސްޕިޓަލުގެ ލެބަށް ފޮނުވުމުން ކަމަށެވެ. އަދި ޓެސްޓް ހެދުމަށްޓަކާ އެ ފަތުރުވެރިއެއްގެ ޓްރެވަލް އިނިޝިއަރީ ޑޮކިއުމަންޓްގެ ކޮޕީއަކާއި، ލެބޯޓްރީން އެދޭ އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
ޕީ.ސީ.އާރް ޓެސްޓް ހެދޭނެ ހޮސްޕިޓަލުތައް:
އައި.ޖީ.އެމް.އެޗް: ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގު – 1534 ރުފިޔާ
އޭ.ޑީ.ކޭ ހޮސްޕިޓަލް: ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގު – 1500 ރުފިޔާ
ޓްރީޓޮޕް ހޮސްޕިޓަލް: ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގު – 2000 ރުފިޔާ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގު – 1534 ރުފިޔާ
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް: ޕީ.ސީ.އާރް ޓެސްޓް ހަދައިދޭ އަގު – 1534 ރުފިޔާ
ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް އަލުންް ހުޅުވާލީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކަމަށްވާއިރު، ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަށް މިހާތަނަށް ވަނީ 7،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ