ޤުރްއާން ފަތުރަން ކުރާ މަސައްކަތް ހުއްޓުވޭ ގޮތަށް މަޖިލީހުން ޤާނޫނެއް ނުހެދޭނެ! ބިރުދައްކައި ފަހަތަކަށް ނުޖެއްސުވޭނެ!: ޑރ.އިޔާޟް

"ތިމަންކަލޭގެފާނުގެ ފަރާތުން އެންމެ އާޔަތެއްގެ މިންވަރުވެސް އަނެކުންނަށް ފޯރުކޮށްދޭށޭ!" ޙަދީޘްފުޅު ކުރައްވަވާފައި އޮތްއިރު އެ މަސައްކަތް ހުއްޓުވަން ޤާނޫނު ހަދާ މަޖިލީހަށް ހެދޭނެ އެއްވެސް ޤާނޫނެއް އަދި ޤަވާއިދެއްވެސް ނޯންނާނެ!" ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް މިއަދު ވިދާޅުވެފައިވާ ބައެއް ބަސްފުޅުތައް:
"އެމްޕީއެއް ވިޔަސް ދިވެހިރާއްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ނަގާލައި އިސްލާމީ ޙުކުމްތަކަށް ފާޑުކިޔައި، ރީތި ޝިޢާރުތަކުގެ ފަހަތަށް ވަދެ ތިބެގެން އިސްލާމް ދީނުގެ އަސާސްތަކާއި މަކާރިމުލްއަޚްލާޤް އޮޅުވާލަން މަސައްކަތްކުރުމަށް ޖާގައެއް ނުދެވޭނެ! މައިކެއް އޮތަސް އަޚްލާޤެއް ނެތް ނަމަ ފޭލް!"
"އިސްލާމް ދީނުގައި ލައްވާފައިވަނީ ޢަދުލުވެރިކަމެވެ. ހަމަހަމަ ކަމަކީ ޢަދުލުވެރިކަމެެއް ނޫނެވެ. ބައެއް ޙާލަތުގައި ހަމަހަމަ ކުރުމީ އަނިޔާވެރިވުމެކެވެ. ފަރަޤު ދެނެގަންނާށެވެ!" (ޑރ. އިޔާމް ފާހަގަކުރައްވާފައި އެވަނީ ﷲ ތަޢާލާ މީސްތަކުންގެ މެދުގައި، އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތު ކުރައްވަވާފައިވާ އެއްވެސް ކަމެއްގައި ހަމަހަމަ ނުކުރެވޭނެކަމެވެ. ހަމަކުރާ ގޮތަށް ޤާނޫނު ހެދިނަމަވެސް ޢަމަލުކުރަން ނުޖެހޭނެ ކަމެވެ.)
އިސްލާމް ދީނުގައި އަނހެނުންނަށް ދެއްވަވާފައިވާ ޙިމާޔަތަށްވުރެ ބޮޑު ޙިމާޔަތެއް އެހެން އެއްވެސް ދީނަކަށް އަދި އެހެން އެއްވެސް ބައަކަށް ނުދެވޭނެކަން ހަނދާނުގައިި ބަހައްޓަން ޖެހޭނެ! ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ލިބުމަކީ މީހާގެ ސައިޒު އޮޅެންޖެހޭ ވަރުގެ ކަމެއް ނޫން!"
"މީހަކު ކިތަންމެ ރުޅި އައިނަމަވެސް ކިތަންމެ ވަރުގަދަ އިންޒާރެއް ދިން ނަމަވެސް ކިތަންމެ ބޮޑު އަނިޔާއެއް ދިން ނަމަވެސް ދީނުގައި ކަންކަން އޮންނަ ގޮތް ރައްޔިތުންނަށް ބަޔާންކޮށް ދިނުމުގަ އެންމެ ތަންކޮޅެއްވެސް ފަހަތަކަށް ނުޖެހޭނަން! އިން ޝާ ﷲ!"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ