ރައީސް ޔާމީން މިނިވަންކުރުމަށް ގޮވައިލާ ކަނޑުމަތީގެ އިހުތިޖާޖު ފަށައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވައިލާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކަނޑުމަތީ އިހުތިޖާޖު ފަށައިފިއެވެ. މިއިހުތިޖާޖުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ. މިއިހުތިޖާޖުގައި އިދިކޮޅު ކޯލިޝަނުގެ އިސްވެރިންނާއި ސަޕޯޓަރުންވަނީ ދޯންޏެއްގައި ރައީސް ޔާމީން ޖަލު ހުކުމެއްގައި ބަންދުކޮށްފައިވާ ޖަލު ހުރި މާފުއްޓަށް ވަޑައިގެންފައެވެ. މިއިހުތިޖާޖުގައި އެރަށު ފަޅު ތެރޭގައި މަޑުކޮށް ރައީސް ޔާމީން މިނިވަންކުރުމަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލާނެއެވެ. އޭގެ އިތުރަށް މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އަންނަ ހުކުރު ދުވަހު، "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" މިޝިޢާރުގެ ދަށުން އިދިކޮޅު ކޯލިޝަނުން މުޒާހަރާކުރާނެއެވެ. ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ ކަމުގައި ކަނޑައަޅައި ކުރިމިނަލް ކޯޓުންވަނީ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށްވެސް ހުކުމްކޮށްފައިވެއެވެ.  ރައީސް ޔާމީނުގެ ފަރާތްޕުޅުން އެމައްސަލަވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އިއްވި ހުކުމް އެމަނިކުފާނު އިސްތިއުނާފުކުރައްވާފައިވަނިކޮށް އިތުރު 2 ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ދައުލަތުންވަނީ އުފުލާފައެވެ. އެމައްސަލަތަކުގައު އެމަނިކުފާނުގެ ވަކީލުންނަށް ރައީސް ޔާމީނާ ބައްދަލުނުކުރެއްވި 1 މަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވަނިކޮށް ކުރިމިނަލް ކޯޓުން ސިޓީއެއް ފޮނުވައިގެން 24 އޯގަސްޓުގައި ލޯޔަރުންނާ ބައްދަލުކުރެއްވޭނެ ގޮތް ކަރެކްޝަންސްއިން ހަމަޖެއްސިއެވެ. ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ޙުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި އިސްކޮށް އިންނެވި ޤާޟީ ޢަލީ ރަޝީދުގެ ނަންފުޅު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައިސް ސޯލިހުވަނީ ހުށަހަޅުއްވާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ