ތިނަދޫ ކޮވިޑް ފެސިލިޓީ އަންނަ މަހު ނިމޭނެ

ގދ. ތިނަދޫގައި ގާއިމް ކުރަމުންދާ ކޮވިޑް ފެސިލިޓީގެ މަސައްކަތް އަންނަ މަހު 14 ވަނަ ދުވަހަށް ނިމެނޭނެ ކަމަށް އެމްޓީސީސީން ލަފާކޮށްފިއެވެ.އެމްޓީސީސީން ބުނީ ތިނަދޫގައި 22 އެނދުގެ ކޮވިޑް ފެސިލިޓީ އެއް ގާއިމުކުރުމުގެ މަސައްކަތް ސެޕްޓެމްބަރު 25 ވަނަ ދުވަހު ފެށިފައިވާ ކަމަށެވެ. އަދި މި މަޝްރޫއު ނިމޭނެކަމަށް ލަފާކުރެވެނީ 14 އޮކްޓޯބަރުގައި ކަމަށެވެ.އެރަށުގައި ކޮވިޑް ފެސިލިޓީއެއް އަޅަން ނިންމާފައި ވަނީ އެރަށުން ކޮވިޑަށް ޕޮޒިޓިވްވެ ހާލު ދެރަވި މީހަކު އެ ރީޖަންގެ ކޮވިޑް ފެސިލިޓީ އަށް ގެންދިއުމަށް ވިލިނގިލި އަށް ގެންދިއުމުން އެ ރަށަށް ނޭރުވުމުގެ ސަބަބުންނެވެ. އެ ރަށުގެ ރައްޔިތުން ވަނީ ބަލި މީހާ ރަށަށް އެރުވިޔަ ނުދީ މުޒާހަރާކޮށްފައެވެ. އެކަމުގެ ސަބަބުން ބަލި މީހާ ވަނީ ގިނަ ވަގުތުތަކެއް ވަންދެން ވިލިނގިލި ފަޅު ތެރޭގައި އޮތް ލޯންޗު ތެރޭގައި އޮވެފައެވެ. ކޮވިޑް އަށް ޕޮޒިޓިވްވެ ހާލު ބޮޑުވާ މީހުންނަށް ފަރުވާ ކުރުމަށް ރާއްޖޭގެ 5 ސަރަހައްދެއްގައި ވަނީ 5 ރީޖަނަލް ކޮވިޑް ފެސިލިޓީ ހަދާފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ