ސަރުކާރާ ގުޅިގެން ޖޮއިންޓްވެންޗާ އުސޫލުން ޝިޕިން ލައިނެއް އުފައްދަން ހުޅުވާލައިފި

ދިވެހި ސަރުކާރާ ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން ޝިޕިން ލައިނެއް އުފައްދާ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި)ހުށަހެޅުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލައިފި އެވެ. އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ޝިޕިން ލައިނެއް އުފައްދައި ހިންގަން އީއޯއައި ހުށަހަޅާއިރު އެ ފަރާތުގެ ޕްރޮފައިލާއި މިހާރު ހިންގަމުންދާ އެފަދަ އޮޕަރޭޝަންތަކުގެ މައުލޫމާތާއި ކުރު ތައާރަފެއްގެ އިތުރުން ފާއިތުވި ތިން އަހަރުގެ ޓާން އޯވާ ނެޓްވޯތު، ކޭޝް ފްލޯ ތަފުސީލް އަދި ފާއިތުވި ތިން އަހަރުގެ އޮޑިޓްކޮށްފައިވާ ފައިނޭންޝަލް ސްޓޭޓްމަންޓެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ކުރިމަތިލާ ފަރާތްތުގެ ގާބިލްކަން އަންގައިދޭ އެހެނިހެން ލިޔުންތައް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ޓްރާންސްޕޯޓްގެ އިއުލާނުގައި ބުނެފައިވެ އެވެ. ޓްރާންސްޕޯޓްގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ޝިޕިން ލައިނެއް އުފައްދައި ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރިލް 30ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަން ޖެހޭނެ އެވެ. އެއް ދުވަސްވަރު މި ސަރަހައްދުން ވެސް ފާހަގަކުރެވޭ ފެންވަރަކަށް ހިންގި ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނީގެ މަސައްކަތް މިހާރު ވަނީ ހުއްޓާލައިފަ އެވެ. އެންމެ ފަހުން ދުއްވި ބޯޓުތައް ވެސް ވަނީ ވިއްކާލައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުން ވަނީ އެ ކުންފުނި އުވާލަން ވެސް ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ