ތިނަރު ބޮވިގެން 10 އަހަރުގެ ކުއްޖަކު މިލަދޫގައި މަރުވެއްޖެ

ތިނަރު ބޮވިގެން 10 އަހަރުގެ ފިރިހެން ކުއްޖަކު ނ. މިލަދޫގައި މަރުވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ ކުއްޖާ މަރުވެފައި ވަނީ ތިނަރު ބޮވިގެން ހާލު ދެރަވެގެން މަނަދޫގައި ހުންނަ ނ . އަތޮޅު ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއް ފަހުން މިއަދު ހަވީރު ކަމަށެވެ. އެ ކުއްޖާ ގަސްތުގައި ތިނަރު ބުއީ ކަމެއް، ނުވަތަ އޮޅުމެއްގެ ތެރޭގައި ތިނަރު ބޮވުނީ ކަން އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. މިހާތަނަށް ބެލި ބެލުމުން އެނގުނު ގޮތުގައި، ތިނަރު ބޮވުނީ އެ ކުއްޖާ އާއި އެއް އުމުރުފުރާގެ ކުދިންތަކަކާ އެކު ކުޅެން އުޅެނިކޮށް ކާއެއްޗަކާ އެކު އެވެ. މި މައްސަލަ ހިނގާފައިވާ ގޮތް ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ