ނީލަން މުދާ ވިއްކާ ފިހާރާގައި ތިންވަނަ ފަހަރަށް ރޯވެ އަނދައި ހުލިވެއްޖެ

މާލޭގެ އެއް ނަމްބަރު ކުނިކޮށީގެ ހުޅަނގަށް ހުންނަ ނީލަން މުދާ ވިއްކާ ފިހާރައިގައި އަނެއްކާ ވެސް ރޯވެ އެ ތަން އަނދައި ހުލިވެއްޖެ އެވެ.
ފަތިހު 00: 4 ހާއިރު ހިނގި އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. އެހެން ނަމަވެސް ނީލަން މުދާ ފިހާރަ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.
ނީލަން މުދާ ފިހާރައިގައި ޭ މި ރޯވީ، މިދިޔަ 2005 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގެ ރެއާއި މިދިޔަ އަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހުގެ ރޭ އެތަނުގައި އަލިފާން ރޯވެ ތަން އަނދައި ހުލިވިފަހުން އެތަން އަލުން ނުހެދެނީސް އެވެ. އަދި ދާދިފަހުން ފުލުހުން ވަނީ ނީލަން މުދާ ވިއްކާ މީހުން މަގުމަތީގައި ވިއްކަން ބަހައްޓާފައި ހުރި ތަކެތި އެތަނުން ނަގައިފަ އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެތަނުގައި އެންމެ ފުރަތަމަ ރޯވެފައި ވަނީ ވަށައިގެން ނިވައި ކަމެއް ނެތް ފިހާރައިގެ ތެރޭގައި ކަމަށެވެ.
"މި ހާދިސާ ހިނގި ސަބަބެއް އަދި ނޭނގެ. ނަމަވެސް އެކަން ތަހުގީގުކުރަމުން މިގެންދަނީ،" އަލިފާން ރޯވެފައިވާ ކުނި ކޮށި ސަރަހައްދުގައި ހުންނަވައި ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
މި ހާދިސާގައި ކުނިކޮށި ތެރޭގައި ހުންނަ ބޮޑު ކުނި ފުނީގައި ވެސް ރޯވިއެވެ. ހެދުނު 30: 6 ވީއިރުވެސް އަލިފާންގަނޑު ކޮންޓްރޯލެއްނުވެ އެވެ. ނަމަވެސް އެ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާއި ފުލުހުން ގުޅިގެން ދަނީ ކުރަމުންނެވެ.
ކުނިކޮށީގައި ރޯވުމާއެކު އެތަނުގެ ހުޅަނގުން ހުންނަ ޕޮލިސް ވެހިކަލް ގަރާޖުގައި ހުރި ސާމާނުތައް ވެސް ވަނީ އެތަނުން ބޭރުކޮށް ރައްކާތެރި ތަނަކަށް ގެންގޮސްފަ އެވެ. އަދި މިއަދު ހެނދުނު 00: 6 ގައި ބޭއްވުމަށް ހަމަޖައްސާފައި އޮތް ފުލުހުންގެ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި އެ ދުވަހާ ގުޅިގެން ބާއްވަން ހަމަޖައްސާފައިވާ ބައެއް އިވެންޓްތައް ފަސްކޮށްފައިވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
38: 5
މާލޭ އެއް ނަންބަރު ކުނިކޮށި ސަރަހައްދުގައި ހުންނަ ނީލަން މުދާ ވިއްކާ ފިހާރާގައާއި އަދި އުކާލަން އެއްކޮށްފައި ހުރި ކުނީގައި ރޯވެ އަނދަމުން އެބަދެ އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެންމެ ފުރަތަމަ އަލިފާން ރޯވެފައިވާ ކަމަށް ބެލެވެނީ ނީލަން މުދާ ވިއްކާ ފިހާރަ ތެރޭގައެވެ.
މިރޭ ފަތިހު ގާތްގަނޑަކަށް 15: 3 ހާއިރު ހިނގި މި ހާދިސާގައި ނީލަން ފިހާރަ އާއި އެތަނާ އިންވެގެން އޮންނަ ކުނިކޮށީގައި ވެސް ރޯވެ އަނދަމުން އެބަދެ އެވެ. އަދި އެތަނުގައި ރޯވެފައިވާ އަލިފާނޑު ކޮންޓްރޯލްކޮށް ނިއްވާލުމަށް ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އެބަގެންދެ އެވެ. ނަމަވެސް މިހާތަނަށް އައިއިރު އަލިފާން ގަނޑު ކޮންޓްރޯލެއްނުވެ އެވެ.
މި ހާދިސާ އާ ގުޅިގެން ނީލަން މުދާ ވިއްކާ ފިހާރައިގެ ދެކުނުން ހުންނަ ޕޮލިސް ވެހިކަލް ގަރާޖުން ވެހިކަލާ އެތަނުގައި ހުރި ތަކެތި ބޭރު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އެބަގެންދެ އެވެ.
28: 5
ނީލަން މުދާ ވިއްކާ ސަރަހައްދުގައި ރޯވެ އަނދަމުން ދަނީ
(ތަފުސީލު އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ