ޖާބިރު ބިމަށް ފައިސާ ނުދައްކާ މައްސަލާގައި ހަސަން ޒަރީރު ފާޑުވިދާޅުވެއްޖެ

އއ. މަތިވެެރީގައި އޮންނަ ބިމަކަށް ދައްކަން ޖެހޭ ފައިސާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނުދައްކާ މައްސަލަ އާއި ގުޅިގެން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ފާޑު ވިދާޅުވެއްޖެއެވެ.
މި މައްސަލަ ފެންމަތިވެެފައި ވަނީ ޖާބިރު މަތިވެރިން ކުއްޔަށް ނަގާފައިވާ ބިމެއް ބައްލަވައިގެން 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ބިމަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ އޮތުމުންނެވެ. އަދި އެތަނުގައި މަސައްކަތް ކުރި މުވައްޒަފުންނަށް ދޭން ޖެހޭ އުޖޫރަވެސް އޭނާ ދީފައި ނުވާކަމަށް ވެއެވެ. 
ދާދި ފަހުންް ޖާބިރު މަތިވެރީ ކައުންސިލްގެ ރައީސް އާއި ވަރަށް ހަޑި ހުތުރު ބަހުންް މުއާމަލާތު ކުރާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. 
އިއްޔެ ޖާބިރު މަތިވެރިއަށް އެރުމުން އެރަށު ރައްޔިތުން ވަނީ މުުޒާހަރާކޮށް އޭނާ ދައްްކަންް ޖެހޭ ފައިސާ ދެއްކުމަށް ގޮވަލާފައެވެ. ފަހުން ޖާބިރު ހުންނެވީ ފުލުހުންގެ ހިމާޔަތުގެ ދަށުގައެވެ. 
މިއަދު މަޖިލީހުގައި ބަހުސްކުރައްވަމުން ޖާބިރު ވަނީ އެރަށަކީ އައިސިސް ޖަމާއަތަށް ނިސްބަތްވާ މީހުން އުޅޭ ރަށެެއް ކަމަށާއި، އެމީހުން ރޭ އޭނާއަށް ހަމަލާދިން ކަމަށް ވިދާޅުވެފައެވެ. މިމައްސަލަ އައި ގުޅީގެން ޒަރީރު ވަނީ އެ ތުހުމަތު ދޮގުކޮށް އެފަދަ ތުހުމަތެއް އެރަށު ރައްޔިތުންނަށް ޖާބިރު ކުރި މައްސަލަ ކުއްވެރިކޮށްފައެވެ. 
"އަޅުގަނޑުމެން ރޭގަ ދުށިން ވީޑިއޯއަކުން މަޔަކު އޭނާގެ ފިރިމީހާއަށް އެތަނުގައި މަސައްކަތް ކޮށްފައި ދޭން ޖެހޭ 80،000 ވަރަށް ރުފިޔާ ނުލިބިގެން އެތަނުގެ ވެރިޔާ ޖާބިރު އެރަށް ވަޑައިގަތުމުން އެމަނިކުފާނާ ބައްދަލުކުރުމަށްޓަކައި ރޮއި އާދޭސްކުރިތަން،" ޒަރީރު ވިދާޅުވި އެވެ.
ޒަރީރު ވަނީ އެރަށުގެ ރައްޔިތުންނާއި ކައުންސިލާ ވާހަކަ ދައްކައިގެން މި މައްސަލަ ހައްލުކުރުމަށް ޖާބިރުއަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ