ގޫގުލް މީޓް ހޮސްޓަށް ބައިވެރިންގެ މައިކް އަދި ކެމެރާ އޮފް ކުރެވޭ ގޮތް ހަދަނީ

ގޫގުލް މީޓްގެ އާ ފީޗާއެއްގެ ގޮތުގައި މީޓިން ހޮސްޓަށް ބައިވެރިންގެ މައިކްރޮފޯން އަދި ކެމެރާ އޮފް ކުރެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެފިއެވެ. ގޫގުލް އިން ބްލޮގްސްޕޮޓެއްގައި ބުނެފައިވަނީ މި ފީޗާ މިހާރު ބޭނުން ކުރެވޭނީ ގޫގުލް ވޯކްސްޕޭސްގެ އެޑިއުކޭޝަން ފަންޑަމެންޓަލްސް އަދި އެޑިއުކޭޝަން ޕްލަސް ޑޮމެއިންތަކަށް ކަމަށެވެ. އަދި ގޫގުލް ވޯކްސްޕޭސްގެ އެހެން އެޑިޝަންތަކަށްވެސް އަންނަ މަހު އެ ފީޗާގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. "މީޓިން ހޮސްޓަކީ 'މިއުޓް އޯލް' ފީޗާ ބޭނުންކުރެވޭނެ ހަމައެކަނި ޔޫޒާ. އެގޮތަށް ހުރިހާ ބައިވެރިން އެއްފަހަރާ މިއުޓް ކުރުމަށްފަހު، މީޓިންގް ހޮސްޓަކަށް އެމީހުން "އަންމިއުޓް" އެއް ނުކުރެވޭނެ. އެހެންނަމަވެސް ބައިވެރިން އަމިއްލައަށް "އަންމިއުޓް" ކުރުމުގެ ފުރުސަތު އޮންނާނެ. މިއުޓް އޯލް ފީޗާ ލިބިގެންދާނީ ޑެސްކްޓޮޕް ބްރައުޒާ އަކުން ގޫގުލް މީޓަށް ވަންނަ ހޮސްޓުންނަށް އެކަނި. ނަމަވެސް އެހެން ޕްލެޓްފޯމްތަކުގައިވެސް އެ ފީޗާ ބޭނުން ކުރެވޭނެ ގޮތް މުސްތަގުބަލުގައި ހަނދާނަން،" ގޫގުލް އިން ބުންޏެވެ. ގޫގުލް މީޓްގެ މިފީޗާ ވެގެންދާނީ ގިނަ ބަޔަކަށް ބޭނުންހިފޭ ފީޗާއަކަށެވެ. އެގޮތުން މީޓިންގައި ބައިވެރިވާ މީހުން ތިބޭ ތަނެއްގެ ގޮތުން އިވޭ އަޑުތައް، ނީވޭ ގޮތް ހެދުމަކީ މިފީޗާ އިން މީޓިން ހޮސްޓަށާއި މީޓިންގައި ތިބޭ ބައިވެރިންނަށް ލިބިގެންދާނެ ހިތްހަމަޖެހުމެކެވެ. މި ފީޗާ ލޯންޗުކުރާފަހުން، ގޫގުލް މީޓްގެ ކުރީގެ ވާޝަން ބޭނުންކުރާނަމަ އެޕަލް ނުވަތަ އެންޑްރޮއިޑް ފޯނުތަކުގައި މިފީޗާ ސަޕޯޓް ނުކުރާނެއެވެ. އަދި އޭރުން މީޓިން ހޮސްޓް މިއުޓް އޯލް ފީޗާ ބޭނުންކޮށްފި ނަމަ، ކުރީގެ ވާޝަން ބޭނުން ކުރާ މީހުން މީޓިން އިން އޮޓަމެޓިކުން ބޭރު ވާނެއެވެ. ހަމައެހެންމެ މީޓިން ކުރިއަށް ދަނިކޮށް މީޓިން ހޮސްޓް ލޮކް ފީޗާއަށް ފިއްތާލައިފިނަމަ، އެމީހަކު މީޓިން އިން ބޭރުވެ އަލުން މީޓިންއަށް ވަދެވުމުގެ ފުރުސަތު ވެސް ގެއްލިގެންދާނެކަމަށް ގޫގުލް އިން ބުންޏެވެ. ގޫގުލްގެ ހުރިހާ ކަސްޓަމަރުންނަށްވެސް މިފީޗާ ވަރަށް އަވަހަށް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ