ކޮވިޑު-19: އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ގިނަވެއްޖެ

އިއްޔެ 18:00 އިން މިއަދު 18:00 ގެ ނިޔަލަށް ދިވެހިރާއްޖެއިން 50 މީހުން ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި މި މުއްދަތުގެ ތެރޭގައި މާލެއިން 27 މީހުން، ރިސޯޓުތަކުން 7 މީހުން އަދި މީހުން ދިރިއުޅޭ ރަށްތަކުން 16 މީހުން ޕޮޒިޓިވްވެފައިވެއެވެ.
އިއްޔެ 49 މީހުން ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައިވާއިރު މިއަދު އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭމީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިގޮތުން މިހާރު 61 ފަރާތަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ޖުމްލަ 845 އެކްޓިވް ކޮވިޑު-19 ކޭސް މިހާރު ރާއްޖޭގައި އޮތް އިރު މިހާތަނަށް 14375 މީހުންނަށް މިބަލިވަނީ ޖެހިފައެވެ. އަދި މި ބަލީގައި 49 މީހުން މަރުވެފައިވާއިރު އަނެއްކާވެސް ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ