އެއްވެސް ފަޅެއް ވިއްކުމުގައި އެއްވެސް އިރެއްގައި ބައިވެރިނުވަން: ޑރ.މުޢިއްޒު

އެއްވެސް އިރެއްގައި ރާއްޖޭގެ އެއްވެސް ފަޅެއް ނުވަތަ ފަޅު ރަށެއް ވިއްކުމުގައި ބައިވެރިވެވަޑައިގެންފައިނުވާނެ ކަމުގައި އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަދި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އަގު ވައްޓައިލުމަށް އެމްޑީޕީ އެކްޓިވިސްޓުން މީސްމީޑިޔާގައި ދައުރުކުރަމުންދާ ފޮޓޯއަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެ ފޮޓޯގައި އެމަނިކުފާނު މިނިސްޓަރު ކަމުގައި ހުންނަވައި މާލެ ސަރަހައްދުގެ އެންމެ ބޮޑު ފަޅު ވިއްކަވައިލެއްވި ކަމުގައި ބުނެފައިވެއެވެ.
ޑރ،މުޔޢިއްޒު ފަޅެއް ވިއްކަވައިލެއްވި ކަމުގައި ބުނިއިރު، ހައުސިން މިނިސްޓްރީއަކީ ފަޅާއި ރަށްތައް ކުއްޔަށް ދޫކުރުމުގެ އިޚުތިޞާޞު ލިބިފައިވާ ވުޒާރާއެއް ނޫނެވެ. ކުރީ ސަރުކާރުގައި އެކަން ކުރަމުން އައި ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) މެދުވެރިކޮށެވެ.
މުޢިއްޒު ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ފަށާފައިވާ އެންޓި ކެމްޕެއިނުގެ ތެރެއިން މި ލިޔުން ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެމަނިކުފާނަކީ އެއްވެސް އިރެއްގައި ފަޅެއް އެއްވެސް ފަރާތަކަށް ވިއްކައިލުމަށް ނނުވަތަ ކުއްޔަށް ދިނުމަށް ނޫނީ އެހެންވެސް މުޢާމަލާތެއް ކުރުމުގައި އެއްވެސް ވަރަކަށް ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ